ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި، ބައެއް ވުޒާރާތައް އުވައިލެއްވުމާއި، މުޅީން އަލަށް ވުޒާރާއެއް އުފެއްދެވުމުގެ އިތުރުން ގިނަ ވުޒާރާތަކެއްގެ ނަމާއި މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލު ގެންނަވާފައެވެ. މިގޮތުން މުޅީން އަލަށް އުފެއްދެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއެވެ.
މި އިޞްލާޙީ ބަދަލުތަކުގެ ދަށުން އުވައިލެއްވި ވުޒާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ވެސް ވަނީ އުވައިލައްވާފައެވެ.
ވުޒާރާތަކުގެ މަސައްކަތްތައް ތަރުތީބުކުރެއްވުމުގެ ގޮތުން ގެންނެވި ބަދަލުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ނަން "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ" އަށް ބަދަލުކުރައްވައި، ފިނޭންސް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް ވަނީ ބަދަލުކުރައްވާފައެވެ. ހަމައެހެންމެ، ތަޢުލީމީ ދާއިރާގެ މަސައްކަތްތައް "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" ގެ ދަށަށް ގެންނަވައި، ސިއްހީ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ" އަށް ވަނީ ބަދަލުކުރައްވާފައެވެ.
އިޤްތިޞާދީ އަދި ދަތުރުފަތުރާ ގުޅޭ ކަންކަން އެއްކޮށްލައްވައި "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް" އުފައްދަވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް" އަށް ވަނީ ބަދަލުކުރައްވާފައެވެ.
އަދި ފަތުރުވެރިކަމުގެ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އަށް، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އަށް، އަދި ސަގާފަތާ ބެހޭ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް" އަށް ވަނީ ބަދަލުކުރައްވާފައެވެ.
ހަމައެއާއެކު، އިންފްރާސްޓްރަކްޗަރއާ ބެހޭ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް" އަށް ބަދަލުކުރައްވައި، މަސްވެރިކަމުގެ ވުޒާރާގެ ނަން "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް" އަށް ވަނީ ބަދަލުކުރައްވާފައެވެ.
ސަރުކާރުގެ އިދާރީ ބަދަލުތަކާއެކު، ބައެއް މުހިންމު މުއައްސަސާތަކުގެ ބެލެނިވެރިކަންވެސް ވަނީ ބަދަލުވެފައެވެ. އެގޮތުން:
- ނޭޝަނަލް ކެރިއަރސް ސަރވިސް: މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.
- އެމް.ކިއު.އޭ، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ޕޮލިޓެކްނިކް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރެއްވުން.
- އިޖުތިމާއީ އަދި އާއިލީ ރައްކާތެރިކަމުގެ އިދާރާތައް: އެންސްޕާ، އަމާންހިޔާތައް، ފިޔަވަތި، އިސްރަށްވެހިންގެ ނާދީތައް އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ފަދަ އިދާރާތައް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށަށް ބަދަލުކުރެއްވުން.
- މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުން.
- ފަންނީ އަދި ސަގާފީ އިދާރާތައް: ގައުމީ ކުތުބުޚާނާ، އަރުޝީފު، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަދި އާޓް ގެލެރީ ފަދަ ތަންތަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން.
- ތިމާވެށީގެ ރެގިއުލޭޓަރީ އިދާރާތައް: އެންވަޔަރަންމަންޓަލް އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން މީޓިއޮރޮލޮޖިކަލް ސަރވިސް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށަށް ބަދަލުކުރެއްވުން.

ކިޔުންތެރިންގެ ހިޔާލު