ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް އަލްފާޟިލް ޙަސަން ރަޝީދު އައްޔަނުކުރައްވައިފިއެވެ.
ޙަސަން ރަޝީދަށް ވަޒީރުކަމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޙަސަން ރަޝީދު ވަނީ ސޮއިކުރައްވާފައެވެ.
ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނެސް އަލުން އެކުލަވައިލުމުގެ މަސައްކަތުގެ ތެރެއިން ރޭގެ ވަގުތެއްގައި ވަނީ ވަޒީރުންގެ މަޖިލީހުގެ 12 މެންބަރަކަށް މަޤާމުގެ ފަތްކޮޅު އަރުވައި، މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައެވެ.
މީގެ އިތުރުން، މިއަދު ހެނދުނުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށްވެސް ވަނީ ވަޒީރަކު އައްޔަނުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު