މަކަރާއި ހީލަތުން ހަތަރު ލައްކަ ރުފިޔާ ހޯދި މީހަކު، އެ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކައި ނިންމާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައަކީ މި މަހުގެ 10 ވީ ހުކުރު ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މަކަރާއި ހީލަތުން 400,000 ރުފިޔާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ސުވާލުކުރުމުން އެ ފައިސާއާ ހަވާލުވި ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ފައިސާގެ ވެރިފަރާތާއި ތުހުމަތު ކުރެވޭ މީހާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެއްބަސްވީ ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމަށެވެ. ފުލުހުން ބުނީ، މިހާރު އެ މީހާ ވަނީ އެއްބަސްވި ގޮތަށް ހުރިހާ ފައިސާއެއް ދައްކައި ނިންމާފައި ކަމަށެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އިންތިހާއަށް ވަނީ އިތުރު ވެފައެވެ. އެގޮތުން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 5 އިން 11 އަށް އެކަނިވެސް ސްކޭމްގެ 43 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއް ހަފުތާގެ ތެރޭގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 433،425 ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދުނީ އެންމެ 87،864 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު