ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ބަދަލުކުރަން އުޅެ ނާކާމިޔާބުވި ބަޔަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވައްޓާނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ހއ. މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާޙް ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މުޅި ގައުމު ދަރުވާލައި، ރައްޔިތުން ބަނޑަށް ޖައްސާލާފައިވާ ކަމަށެވެ. އަދި މިވެރިކަން ވައްޓާލުމަކީ އެމްޑީޕީ އަށް ކުރެވޭނެ ކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ފަލާޙް ވަނީ، މި ސަރުކާރުން ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރަމުން އައީ ވަރަށް ޒިންމާދާރުކަމާ އެކު ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި ސަރުކާރަށް ނުދެއްކޭނެ ކަމަށް އުންމީދުކޮށްގެން އިދިކޮޅު ލީޑަރުން "ސަލަވާތް ކިޔަވާލަ ކިޔަވާލާ" ތިއްބެވި ނަމަވެސް، މިހާރު އެ ބޮޑު ދަރަނި ދައްކައި ހަލާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ނަތީޖާއަށް އަލިއަޅުވާލަމުން ފަލާޙް ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި ވެސް މަދުން ގޮނޑި ލިބުނު ބަޔަކު މޮޅުވި ކަމަށް ދައްކައިދޭން އުޅޭ އިންތިޚާބެއް މީގެ ކުރިން ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން ފަލާޙް ވިދާޅުވީ، މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ ރައީސް ޔާމީން އިންނަވާނީ މާފުށީ ޖަލުގައި ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް މިއަދު ގޭގައި ހުރެވެނީ މި ސަރުކާރުގެ ހިތްތިރިކަމާއި އޯގާތެރިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާ މިނިވަން ނުވާނެ ކަމަށް ވެސް ފަލާޙް ތުހުމަތުކުރެއްވިއެވެ.
މި ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު