ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުން ދުވާލަކު އެވްރެޖްކޮށް 30،000 އަށްވުރެ ގިނަ އެނދު ހުސްކޮށް ހުރުމަކީ މުޅި ސިނާއަތަށް އޮތް ވަރަށް ސީރިއަސް ކަންބޮޑުވުމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު އަދި މަޝްހޫރު ވިޔަފާވެރިޔާ މުޙައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ފިރާގު ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ މާކެޓުތަކަށް އޮތް ކޮންޓްރޯލް ކުޑަވި ނަމަވެސް، މި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމުގައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ ސާފު މިސްރާބެއް ފެންނަން ނެތް ކަމަށެވެ. އަދި މި ހާލަތު ދެމިއޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެއްވެސް އިރުޝާދެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ފިރާގު ވިދާޅުވީ، މިއީ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މިކަމާ ގުޅޭ ސާފު ތަސައްވުރެއް ނެތުމުން ދިމާވާ ކަމެއްތޯ ނުވަތަ މި ސިނާއަތުގައި ހިމެނޭ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ނުލިބެނީތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މިއަދު ކުރިމަތިވެފައިވާ މި ގޮންޖެހުންތަކުގެ އިތުރުން، މާދަމާ މިއަށްވުރެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ސާފު "ކޮންޓިންޖެންސީ ޕްލޭން" އެއް ނެތުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ފިރާގު ވަނީ ސިފަކުރަށްވާފައެވެ.
ފިރާޤު މިހެން ވިދާޅުވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް ހުސްކޮށް ހުންނަ ނިސްބަތް އިތުރުވުމަކީ ދައުލަތަށް ލިބޭ އާމްދަނީއަށާއި މުޅި ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. ސަރުކާރުގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު އެވްރެޖްކޮށް 4000 ބުކިންގ ދަނީ ކެންސަލް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު