ޑރ. ނަޒުލާ
ޑރ. ނަޒުލާ
ކޯވިޑް-19 އާއި ގުޅިގެން މީހުން ފޭބުން ހުއްޓުވާފައިވާ 10 ރިސޯޓަކާއި 55 ސަފާރީއެއް މިހާތަނަށް ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ފޯމް ހުށައެޅި ނަމަވެސް 14 ދުވަސް ފުރިހަމަ ނުވާނަމަ ރިސޯޓުތަކުން ނުފޭބޭނެ ކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވޭ މީހަކު ނުފެންނަ ރިސޯޓުތަކާއި، ފަތުރުވެރިޔާ އައިތާ 14 ދުވަސް ވެފައިވާއިރު އެމީހުން އަނބުރާ ނުދިޔަނަމަވެސް އެމީހުންގެ ގައިން ވެސް ބަލީގެ އަލާމަތެއް ނެތްނަމަ އިގްރާރު ފޯމު ފުރުމަށްފަހު އެޗްޕީއޭއިން އެންގުމުން އެމީހަކަށް ރިސޯޓުން ބޭރަށް ފުރޭނެ ކަމަށެވެ.

ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނަޔަސް ވޭތުވެދިޔަ 14 ދުވަހު އެއްވެސް އަލާމާތެއް ފެނިފައި ނުވާނަމަ އެމީހުންނަށް އެރަށަކުން ފޭބޭނެ ކަމަށާއި، އެންމެ ފަހުން މީހަކު ޕޮޒިޓިވްވި ރަށްރަށުން ވެސް 14 ދުވަސް ފަހުން އަލާމާތެއް ނެތް މީހުން އިގްރާރު ފޯމު ފުރުމަށް ފަހު ރަށުން ފޭބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރިސޯޓަކުން މީހަކު ޕޮޒިޓިވްވުމަށް ފަހު އެމީހާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހިފައިވާނަމަ ނޫނީ އަލާމާތެއް ފެނިފައިވާނަމަ އެންމެ ފަހުން ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ފަހުން އެގްޒިޓް ސްކްރީނެއް ހެދުމަށް ފަހު އެޗްޕީއޭއިން ހުއްދަދިނުމުން ރަށުން ފޭބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މިވަގުތު އައިސޮލޭޝަނުގައި 12 މީހުން ތިބިކަމަށާއި، ކަރަންޓީނުގައި ތިބީ 865 މީހުން ކަމަށެވެ. ފާއިތުވި 24 ގަޑިއިރު 50 މީހަކު ޓެސްޓްކޮށްފައިވާ ކަމަށް ވެސް ޑރ. ނަޒުލާ ވިދާޅުވިއެވެ. މިހާތަނަށް ނަތީޖާ ނުލިބެނީ 10 ސާމްޕަލެއްގެ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން