ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އެންގި އެންގުމަކީ ދިވެހި އެތައް އާއިލާތަކަކަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ވެރިންގެ ނާގާބިލުކަމުގެ ސަބަބުން ކުންފުނިތަކާއި ދައުލަތުގެ މާލީ ހާލަތު ގަޑުބަޑުވުމުގެ ނަތީޖާ، އާންމު ރައްޔިތުންނާއި އެމީހުންގެ އާއިލާތަކުން ތަހައްމަލު ކުރަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ދައުލަތް ހިންގުމުގައި ހުރި އިސްރާފުތަކާއި ނާގާބިލުކަމުގެ ބަދަލު ހިފަންވާނީ އާންމު މުވައްޒަފުންގެ ވަޒީފާ ގެއްލުވާލައިގެން ނޫން ކަމަށެވެ.
ކުންފުނިތައް ހަރުދަނާ ކުރުމުގެ ނަމުގައި ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމުމަކީ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ދިވެހި އާއިލާތައް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލުން ކަމަށް ސިފަކުރައްވައި، އާޒިމް ވަނީ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި މޭރުމުން އާޒިމް ވާހަކަދެއްކެވީ، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަކި މިންވަރަކަށް މަދުކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި ނިންމުމުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ގެއްލިދާނެތީ، ސިޔާސީ މަސްރަހުގައާއި އާންމުންގެ މެދުގައި ދަނީ ބޮޑެތި ބަހުސްތަކެއް ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު