ހޯރަފުށީ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަޙްމަދު ރަޝީދު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އަލުން ގުޅިވަޑައިގެންފިއެވެ.
ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށްފަހު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ރަނިންގ މޭޓް އާދަމް އާޒިމްއާ ބައްދަލުކުރައްވާފައިވެއެވެ.
މި ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކައުންސިލަރ ހަނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަޙްމަދު ރަޝީދަކީ މީގެ ކުރިންވެސް އެމްޑީޕީގެ އިސް ސަފުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އަޙްމަދު ރަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، އާދަމް އާޒިމް ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޕާޓީއަށް އެނބުރި ވަޑައިގެންނެވީތީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު