ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިހާރުގެ ހާލަތާ މެދު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ މަޖިލިސް މެންބަރުންގެ މިއަދުގެ ހާލަތު ފެންނަ ފޮޓޯއަކާއެކު، ރައްޔިތުން އިންތިހާބުކުރި މެންބަރުން މިފަދަ ދަށު ދަރަޖައަކަށް ވެއްޓެންޖެހުނު ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުންގެ ހާލަތު މިއަދު އޮތީ ވަރަށް ބޮޑަށް ގޯސްވެ، މިނިވަންކަން ގެއްލިފައެވެ.





އައްބާސްގެ ޕޯސްޓުގައި އިތުރަށް ސުވާލު ކުރައްވާފައިވަނީ، މަޖިލިސް މެންބަރުން މިފަދަ ހާލަތަކަށް ވެއްޓުނީ ހަމަ ކާނެ އެއްޗެއް ގޭގައި ނެތިގެންތޯ ނުވަތަ އެބޭފުޅުން ތިއްބެވި ނިކަމެތިކަމެއްގެ ސަބަބުންތޯއެވެ.

އަޅުވެތިކަމަކީ ނިކަމެތިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ގައުމުގެ ހާލަތާމެދު ފުންކޮށް ވިސްނާ ބަޔަކަށް ދައުލަތުގެ މުހިންމު ގުނަވަންތަކަށް، ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހަށް ޖެހިފައިވާ މި ބަލިމަޑުކަމާއި ނިކަމެތި ހާލަތު ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެ ކަމަށެވެ.

މި ވާހަކަތަކުން ދޭހަވަނީ މަޖިލީހުގެ މިނިވަންކަމާއި މެންބަރުންގެ މުސްތަގިއްލުކަމާ މެދު އުފެދިފައިވާ ސުވާލުތަކެވެ. ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ތިބި މެންބަރުން، ވަކި ބައެއްގެ ނުފޫޒުގެ ދަށުވެ ނުވަތަ އަމިއްލަ އެދުމަށްޓަކައި މަސައްކަތް ކުރަމުންދާ ދިއުމަކީ ގައުމުގެ ކުރިމަގަށް އޮތް ބިރެއްގެ ގޮތުގައި އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިވާ ފަރާތްތަކުން އެނބުރި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ވަގުތު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު