މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް ނަގައިގެން ގެންގޮސްފައިވާ މައްސަލައަކާ ގުޅިގެން، އެ ކަން ކުރި މީހާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިޢުލާނުކޮށްފިއެވެ.
ފުލުހުން ވަނީ އެ މީހާ ވޮލެޓު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީސްމީޑިއާގައި އާންމުކޮށް، އޭނާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މާލޭގެ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައެވެ. އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި، މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް އެ ސަރަހައްދުން ހިނގާފައި ދިޔަ މީހަކު ވަނީ ނަގައިގެން ގެންގޮސްފައެވެ. މި ހާދިސާ ހިނގި ފަހުން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
ފޫޓޭޖުން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ކުށްކުރާ މީހުންނާއި ކުށުގެ ތުހުމަތުގައި ހޯދަން ބޭނުންވާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު