ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިސްނަގައިގެން، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައި ވެސް ކޮންމެ އަހަރަކު މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދާއިރު، މިއަހަރުގެ މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑެކެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އެކި އިދާރާތަކަށެވެ. ވަކީން ޚާއްސަކޮށް، މިއަހަރުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ދޭން ނިންމާފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:
- ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްކޮށްފައިވާ ފަރުދުންނަށް ދޭ އެވޯޑު.
- މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކަށް ދޭ އެވޯޑު.
- ޒުވާނުންނަށް ޚާއްސަކޮށްފައިވާ އެވޯޑު.
މި އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ފޯމު ފުރުމަށްފަހު އަންނަ މަހުގެ ދެވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. އެ އިދާރާއިން މިހާރު ވަނީ އެވޯޑަށް އެދި ހުށަހަޅާނެ އެޕްލިކޭޝަން ފޯމާއި، އެވޯޑު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ޝަރުތުތައް ހިމެނޭ ކަރުދާސް އާންމުކޮށްފައެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑާ ގުޅޭ
— Health Protection Agency (@HPA_MV) April 20, 2026
ފޯމު ލިންކު: https://t.co/PqPECqGpVw pic.twitter.com/KOejT4wtyz
މި އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ފޯމު ފުރުމަށްފަހު އަންނަ މަހުގެ ދެވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. އެ އިދާރާއިން މިހާރު ވަނީ އެވޯޑަށް އެދި ހުށަހަޅާނެ އެޕްލިކޭޝަން ފޯމާއި، އެވޯޑު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ޝަރުތުތައް ހިމެނޭ ކަރުދާސް އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު