ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ ހިންގުމުގެ އިސް ސަފަށް ބޮޑު ބަދަލެއް އަންނަން އުޅޭކަން މިވަނީ އިއުލާނުކޮށްފައެވެ.
އެޕަލްގައި ގިނަ އަހަރުތަކެއް ވަންދެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ޓިމް ކޫކް، އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެ މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. ނަމަވެސް، އޭނާ ކުންފުންޏާ މުޅިން ވަކިވެވަޑައެއް ނުގަންނަވާނެއެވެ.
އޭގެ ބަދަލުގައި އޭނާ ދެން ފެނިގެންދާނީ އެޕަލް ގްރޫޕުގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއާމަންގެ މަގާމުންނެވެ. މިއީ ކުންފުނީގެ މުސްތަގުބަލު ބައްޓަންކުރުމުގައި އޭނާގެ އިރުޝާދާއި ތަޖުރިބާ ދަމަހައްޓަން އެޕަލްއިން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.
ކޫކްގެ ފަހަތުން އެޕަލްގެ އެންމެ އިސް ހުންގާނާ ހަވާލުވެވަޑައިގަންނަވާނީ އެ ކުންފުނީގެ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސްޕްރެޒިޑެންޓް ޖޯން ޓާނަސް އެވެ. ޓާނަސް އަކީ އައިފޯން، އައިޕޭޑް އަދި މެކް ފަދަ އެޕަލްގެ އެންމެ މަގުބޫލު އުފެއްދުންތައް ފަރުމާކޮށް ތަރައްގީކުރުމުގައި ފާއިތުވި އަހަރުތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. ކުންފުނީގެ އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުގައި، ޓާނަސް އަކީ ކޫކްގެ އިތުބާރު ބޮޑު، އަދި އެޕަލްގެ ސަގާފަތާއި އުފެއްދުންތެރިކަމުގެ ފަލްސަފާ އެންމެ ރަނގަޅަށް ދަންނަ އެކަކެވެ.
މި ބަދަލާއެކު އެޕަލްގެ ތާރީޚުގެ އާ ސަފުހާއެއް ހުޅުވިގެންދާއިރު، އިންވެސްޓަރުންނާއި ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކުގެ ނަޒަރު މިހާރު ހުރީ ޖޯން ޓާނަސްގެ ލީޑަޝިޕަށެވެ. ޓިމް ކޫކްގެ ދައުރުގައި އެޕަލްގެ މާލީ ހާލަތު އިންތިހާއަށް ވަރުގަދަވެ، ކުންފުނީގެ އަގު ބިލިއަނުން ޓްރިލިއަނަށް އުފުލިގެން ދިޔައެވެ.
އެހެންކަމުން، ޓާނަސްގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ކާމިޔާބީ ދަމަހައްޓައި، އާ އުފެއްދުންތަކާއެކު ކުންފުނި އިތުރު އުސްމިންތަކަކަށް ގެންގޮސްދިނުމެވެ. ސެޕްޓެމްބަރު މަހު މި ބަދަލު ރަސްމީވުމާއެކު، މިއީ އެޕަލްގެ މުސްތަގުބަލަށް އަންނާނެ އެންމެ މުހިންމު އެއް ބަދަލަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު