ށ. މިލަންދޫގައި ސައިކަލެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށުން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ކުދިވިނަ، މުހައްމަދު ޒަހުނީ (27އ) އަދި އެ ރަށު ސިނަމް، މުހައްމަދު އިހްސާން (24އ) އެވެ.
މި ދެ މީހުން ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ޒުވާނުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި މުދަލަށް ގެއްލުން ދިނުމާއި، ވައްކަން ކުރުމުގެ އިތުރުން މުދަލަކުން ހުއްދަ ނޫން ބޭނުން ކުރުން ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު