ކޯވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި މިހާރު ބައެއް ޤައުމުތަކުން ބޭނުން ކުރަމުން ގެންދާ ހައިޑްރޮކްސީކްލޯރޮކިން (އެޗްސީކިޔޫ) ގެ އެހީ ފޯރުކޮށްދޭ ފުރަތަމަ 13 ޤައުމުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭކަން އިންޑިއާ ސަރުކާރުން ހާމަ ކޮށްފިއެވެ.
އިންޑިއާ ސަރުކާރާ ހަވާލާދީ އެޤައުމުގެ އޮންލައިން ނިއުސް، ވިއޯން އިން ބުނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއިން ވަނީ އެޗްސީކިޔޫ ގެ އިތުރުން ޕެރެސެޓަމޯލް ފޯރުކޮށްދޭނެ 25 ޤައުމެއް ކަނޑައަޅާފައެވެ. މީގެތެރެއިން އެންމެ ފުރަތަމަ އިސްކަން ދޭ ޤައުމު ތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިތުރުން ހިމެނެނީ އެމެރިކާއާއި ޔޫރަޕުން ސްޕެއިނާއި ޖަރުމަނާއި ޑޮމެނިކަން ރިޕަބްލިކާއި ބްރެޒީލާއި ބަހުރެއިންގެ އިތުރުން އޭޝިޔާ ބައްރުން ނެޕާލާއި ބޫޓާނާ އަދި ބަންގްލަދޭޝްއެވެ.
އެޗްސީކިޔޫ އަކީ ކޯވިޑް-19 އަށް ސައްތައިން ސައްތަ ފަރުވާ ލިބޭ ބޭހެއް ކަމަށް އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނުވި ނަމަވެސް މިބޭހަކީ ކޯވިޑް-19 ގެ "ގޭމް ޗޭންޖަރ" ބޭސް ކަމަށް މިހާރު ބައެއް މީޑިއާ ތަކުން ސިފަ ކުރެއެވެ. އަދި މިބޭހަށް އެންމެ ބޮޑަށް ބުރަވެވަޑައިގަންނަވާ އެއްބޭފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ދައްމޫ ރަވީއާއި ހަވާލާދީ ވިއޯންއިން ބުނެފައިވަނީ އެޗްސީކިޔޫއަކީ މިހާރު ވަރަށް ޑިމާންޑް އޮތް ބޭހެއް ކަމަށެވެ. މިބޭސް ބޭނުން ވެގެން ދުނިޔޭގެ ގިނަ ޤައުމުތަކުން އިންޑިއާ ސަރުކާރުގައި އެދެމުންދާ ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ އިންޑިއާއިން ބޭސް ފުރަތަމަ ފޯރުކޮށްދޭނެ ޤައުމުތަކުގެ ތަރުތީބު ކަނޑައެޅީ ވަޒީރުންގެ ޓީމަކުން ކަމަށެވެ.
"ކޯވިޑް-19 ހުރިހާ ޤައުމަކަށްވެސް ފެތުރިފައިވާއިރު އެޗްސީކިޔޫ އަކީ ވަރަށް ގިނަ ޤައުމުތަކުން ހޯދަން އެދެމުން ދާ ބޭހެއް.އެހެންވީމާ ވަޒީރުންގެ ފެންވަރުގައި އެކަމާ މަޝްވަރާކޮށްފައި ބޭސް ދޭނެ އުސޫލު ކަނޑައެޅީ." ރަވީ މީޑިއާއާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އެޗްސީކިޔޫ އަކީ އިންޑިއާއިން މިވަގުތު އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެކެވެ. އިންޑިޔާއިން ހަމައެކަނި މި ބޭސް އެކްސްޕޯރޓް ކުރަން ލައިސަންސް ދެނީ އެހީގެ ގޮތުގައި ބޭރުކުރުމަށެވެ.
އިންޑިއާއަށް މިވަގުތު ބޭނުން ވަނީ އެޗްސީކިޔޫ ގެ އެއްކްރޯޑް ގުޅަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މިހާރުވެސް 3.28 ކްރޯޑްގެ ސްޓޮކެއް އެބަހުރި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އަދި ކުރު މުއްދަތެއަގައި 1.2 ކްރޯޑް ގުޅަ އުފެއްދުމުގެ ޤާބިލުކަން އެބަހުރި ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެޗްސީކިޔޫ ބޭނުން ކުރަން ހުއްދަ ކޮށްފައިވަނީ ހަމައެކަނީ ކުރީ ސަފުގައި ހަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނަށާއި އެފަދަ އެހެން ފަރާތްތަކަށެވެ.
އިންޑިއާއިން އެޗްސީކިޔޫ އެންމެ ފުރަތަމަ ފޯރުކޮށްދޭ 13 ޤައުމުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާތީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި ޓްވީޓެއް ކުރައްވާފައެވެ.

We are very grateful to our neighbours India for including Maldives in the list of 13 countries cleared to receive Hydroxychloroquine tablets. Thank you India 🙏 @HCIMaldives @sunjaysudhir https://t.co/CZA7mEoOSQ
— Mariya Didi 🎈 (@MariyaDidi) April 10, 2020
އެޗްސީކިޔޫ އަކީ އިންޑިއާއިން މިވަގުތު އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެކެވެ. އިންޑިޔާއިން ހަމައެކަނި މި ބޭސް އެކްސްޕޯރޓް ކުރަން ލައިސަންސް ދެނީ އެހީގެ ގޮތުގައި ބޭރުކުރުމަށެވެ.
އިންޑިއާއަށް މިވަގުތު ބޭނުން ވަނީ އެޗްސީކިޔޫ ގެ އެއްކްރޯޑް ގުޅަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މިހާރުވެސް 3.28 ކްރޯޑްގެ ސްޓޮކެއް އެބަހުރި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އަދި ކުރު މުއްދަތެއަގައި 1.2 ކްރޯޑް ގުޅަ އުފެއްދުމުގެ ޤާބިލުކަން އެބަހުރި ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެޗްސީކިޔޫ ބޭނުން ކުރަން ހުއްދަ ކޮށްފައިވަނީ ހަމައެކަނީ ކުރީ ސަފުގައި ހަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނަށާއި އެފަދަ އެހެން ފަރާތްތަކަށެވެ.
އިންޑިއާއިން އެޗްސީކިޔޫ އެންމެ ފުރަތަމަ ފޯރުކޮށްދޭ 13 ޤައުމުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާތީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި ޓްވީޓެއް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު