ސްރީލަންކާގެ ފިނޭންސް މިނިސްޓްރީގެ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ހެކަރުން ވަދެ، ބޭރު ފައިސާގެ މުއާމަލާތްތަކެއްގެ ތެރެއިން ބޮޑު ވައްކަމެއް ހިންގާފައިވާކަން އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ހާދިސާ ފެންމަތިވެފައިވަނީ ލަންކާގެ ދަރަނި އަދާކުރުމަށް ކަނޑައަޅާފައިވާ ޓްރެޝަރީ ފަންޑުން 2.5 މިލިއަން އެމެރިކާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިދިކޮޅުގެ ތުހުމަތުތަކަށް މަދު ގަޑިއިރުތަކެއްގެ ތެރޭގައި މިނިސްޓްރީން މިކަން ކަށަވަރުކޮށްދީފައިވެއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ވައްކަމަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ދައްކަންޖެހޭ ބޭރުގެ ދަރަންޏަކާ ގުޅުންހުރި މުއާމަލާތެއްގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށެވެ.
މި މައްސަލަ މިހާރު ވަނީ ސްރީލަންކާގެ ކޮމްޕިއުޓާ އިމަޖެންސީ ރެޑިނަސް ޓީމަށާއި، ފުލުހުންގެ ކޮމްޕިއުޓާ ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަނަށް ހުށަހަޅާފައެވެ.
މީގެ އިތުރުން، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވެސް މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓްރީގެ އެތެރޭގެ ތަހުގީގެއް ހިންގައި، އިހުމާލުވި ކަމަށް ބެލެވޭ ބައެއް އޮފިޝަލުންނާ މެދު އިދާރީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާކަން ފާހަގަކޮށް، މިނިސްޓްރީން އިތުރަށް ބުނީ ތަހުގީގަށް ހުރަސް ނޭޅޭނެ ފަދަ ވަގުތެއްގައި މިކަމުގެ އިތުރު ތަފްސީލު އާންމުކުރާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ލަންކާގެ މާލީ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު