ކެންދޫ ދާއިރާގެ މެންބަރު މަައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މަައުރޫފް ޒާކިރު
ރައްޔިތުންގެ އަތުން ބޮޑު އަގު ނަގަމުންދާ ކަރަންޓު ބިލުތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ އިހުތިޖާޖުތަކުގެ ތެރެއިން މިރޭ ކުރިއަށްދިޔަ އެއްވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މަައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް ފާހަގަކުރެއްވި ގޮތުގައި މިއީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ރާއްޖޭގެ 75 އިންސައްތަ ރައްޔިތުން މިހާރު ހުރި ކަރަންޓު ރޭޓުތަކާ މެދު ނުރުހުން ފާޅުކުރަމުންދާ ކަމަށާއި، މިކަމާ ދެކޮޅަށް އަޑުއުފުލަން ނުކުތުމަށް އޭނާ ހުރިހާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށެވެ.

ޚާއްސަކޮށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ރައްޔިތުންގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި، ކަރަންޓު ބިލުތައް ބޮޑުވުމަކީ ރައްޔިތުންނަށް އުފުލަން ދަތި ބުރައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މި އިހުތިޖާޖުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވަރުގަދަކޮށް، ސަރުކާރުން އަގުތަކަށް ބަދަލު ގެންނަންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު