އުމުރުން އެންމެ 18 އަހަރުގެ ހާލާ ސާލިމް ދަރުވީޝް ދިރިއުޅެމުން އައީ ވަރަށްވެސް ފޮނި ހުވަފެންތަކާއި އުއްމީދުތަކާއެކުގައެވެ. ނަމަވެސް، އެންމެ ސިކުންތެއްގެ ތެރޭގައި އެ ހުރިހާ ކަމެއް ފުނޑުފުނޑުވެގެން ދިޔައީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ރަހުމުކުޑަ ހަމަލާއެއްގެ ސަބަބުންނެވެ.
މިއަދު އެ މައުސޫމް އަންހެން ކުއްޖާ މަރާ ހަނގުރާމަ ކުރަމުންދާއިރު، އޭނާގެ ހަށިގަނޑު އޮތީ މެޝިންތަކުގެ އެހީގައި ލައިފް ސަޕޯޓާއެކު ވަރަށް ނާޒުކް ހާލަތެއްގައެވެ. މި ބިރުވެރި ހާދިސާ ހިނގީ ހާލާ އޭނާގެ އަމިއްލަ ގޭގެ ބަދިގޭގައި ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
އެއްވެސް އިންޒާރެއް ނެތި، އިސްރާއީލުގެ ސްނައިޕަރަކު ދިން ބަޑީގެ ހަމަލާ އަމާޒުވީ ސީދާ ހާލާގެ ބޮލަށެވެ. ގޭގެ ރައްކާތެރިކަމުގެ ތެރޭގައި، އާއިލާއަށް ޚިދުމަތްކުރުމުގައި ހުއްޓާ ޔަހޫދީން ދިން މި ހަމަލާއަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އޮތް ނުރައްކަލުގެ ބޮޑުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
މި ހާދިސާގެ ހިތްދަތިކަން ވަކިން ބޮޑުވަނީ، ހާލާއަކީ އޭނާގެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދިޔަ ކުއްޖަކަށް ވާތީއެވެ. އާއިލާއިން އުންމީދުކޮށްގެން ތިބީ އުފާވެރި ކައިވެނީގެ ހަފުލާއަކަށެވެ. ނަމަވެސް، މިއަދު އެ އާއިލާގެ ގޭތެރެއިން އިވެނީ އުފާވެރިކަމުގެ ހިނިތުންވުމުގެ ބަދަލުގައި، ފުން ހިތާމައާއި ކަރުނައިގެ އަޑެވެ.
ކައިވެނީގެ ހެދުމުގެ ބަދަލުގައި، މިއަދު އެ އާއިލާއަށް ފެންނަން އޮތީ ހޮސްޕިޓަލުގެ އެނދުގައި ހޭނެތިފައި އޮތް ހާލާގެ ހަށިގަނޑެވެ. ހާލާގެ މި ހާދިސާއަކީ ފަލަސްތީނުގެ ބިމުގައި ކޮންމެ ދުވަހަކު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެންމެ ހާދިސާއެކެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ބައިނަލްއަގުވާމީ މީޑިއާތަކުން މިފަދަ އަނިޔާވެރި އަމަލުތަކާ މެދު ބަހެއް ނުބުނެ ހަނު ތިބި ނަމަވެސް، އިންސާނިއްޔަތުކަމުގެ ކުލުނު ހުރި ކޮންމެ މީހަކު މިއަދު ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ހާލާގެ ހަމައެކަނި "ކުށަކީ" އޭނާގެ އަމިއްލަ ވަޒަނުގައި، އަމިއްލަ ގޭގައި ދިރިއުޅުމެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ މިފަދަ އުދުވާނުތަކަށް ނިމުމެއް އަންނާނީ ކޮން އިރަކުންތޯ މިއީ މިއަދު މުޅި ދުނިޔެއާ ކުރިމަތިވެފައިވާ ސުވާލެކެވެ.
ހާލާގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދި މުޅި އިސްލާމީ އުންމަތް ދަނީ ދުއާކުރަމުންނެވެ.
މި އަނިޔާވެރިކަން ހުއްޓުވުމަށާއި، ފަލަސްތީނުގެ މައުސޫމް ދަރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހެއެވެ. އެހެންނޫނީ، ޔަހޫދީންގެ އުދުވާންތަކުން ހާލާ ފަދަ އުއްމީދުން ފުރިގެންވާ އެތައް ޒުވާނުންނެއް މިދުނިޔެއިން ނެތިކޮށްލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު