ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ވަގުތު، އެމީހުންގެ އަމަލުތައް ހުރިގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ދެމީހުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި މަނާ ބޭސްތަކުގެ ވަގުތީ ބަރުދަނުގައި 1105 ގުރާމް ހުއްޓެވެ. މި މައްސަލައިގައި ޝާމިލްވާ ދެ މީހުން ކަސްޓަމްސް އިން ހިފެހެއްޓުމަށްފަހު، މިހާރު ވަނީ އިތުރު ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެމީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު