މާލޭގެ ގެއެއްގައި ގަސްތުގައި އަލިފާން ރޯކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގު ނިންމައި، އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ 2026 މާރިޗު 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ގެ މައްޗަށެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން ބަންދުގައެވެ.
މި ހާދިސާ ހިނގާފައިވަނީ 18 މާރިޗު ހެނދުނު 11:00 ހާއިރުއެވެ. މި ހާދިސާ ހިނގި ގ. ހިޔާރޯދިގެއަކީ އޭރު މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، އެ ގޭގައި ކަރަންޓުގެ ޚިދުމަތްވެސް ނެތްކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެދުވަހު މައުލޫމާތު ދިނެވެ.
ތަހުގީގަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ހޮންޑާ ވޭވް ސައިކަލެއްގައި އައި މީހަކު އެދުވަހުގެ ހެނދުނު 10:33 ހާއިރު އެ ގެއަށް ވަދެއެވެ. އޭނާ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހަ މިނެޓު ވަގުތު ހޭދަކުރުމަށްފަހު، 10:39 ގައި ނުކުމެގެންދާ މަންޒަރު ފެނެއެވެ. އޭނާ ނުކުތްތާ އެއް މިނެޓު ފަހުން، 10:40 ހާއިރު އިމާރާތުގެ ބޭރަށް ދުން އަރަން ފެށުމާއެކު، އިމާރާތުގެ ދެވަނަ ފަންގިފިލާގައި މަސައްކަތް ކުރަން ތިބި މީހުންވެސް ވަނީ ބޭރަށް ނުކުމެފައެވެ.
މި ހާދިސާގެ ފޫޓޭޖުން ފެންނަ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ސައިކަލުގައި ދަމުންވެސް އެ އިމާރާތާ ދިމާލަށް ފަސްއެނބުރި ބަލާފައިވެއެވެ.

ހުސައިން ޝަހުބާން، 29، ސަބުނަމްހައުސް/ލ. މާބައިދޫ
މި ހާދިސާގައި ހިޔާރޯދިގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު، ކައިރީގައި ހުރި ބައެއް އިމާރާތްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެ ސަރަހައްދުގެ މީހުން ތުހުމަތު ކުރާ ގޮތުގައި މިއީ ގަސްތުގައި ބަޔަކު ރޯކޮށްލާފައިވާ އަލިފާނެކެވެ.
އެމްއެންޑީއެފުން ކުރި މަސައްކަތުން މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގަޑިއިރެއްހާއިރުގެ މަސައްކަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު