އޮންލައިން ނޫސް "އަދަދު" ގެ އޮފީހަށް ފުލުހުން ވަދެ، އެ ތަން ބަލާ ފާސްކުރަން ފެށުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފާޅުކުރެއްވި ކަންބޮޑުވުމުގައި، ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނަކަށް ވާންޖެހޭނެ ކަމަށާއި، ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން އެ މުއައްސަސާގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކުރަނީ އެ ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ކުރިއަށްދާ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށެވެ.
މި ހާދިސާއާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ މިއީ ސަރުކާރަށް ފާޑުކިޔާ ނޫސްތަކަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށަށް ދާކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުގެ ކޮރަޕްޝަނާއި ނިންމުންތަކަށް ފާޑުކިޔާ މި ނޫހަށް އަމާޒުކޮށް ހިންގާ މި ހަރަކާތަކީ ޑިމޮކްރަސީއަށް ލިބޭ އުނިކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު