ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ބޮޑުހިލަ ޖެހުމުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި "ނޭޗަރ ބޭސްޑް ސޮލިއުޝަން" ނުވަތަ ގުދުރަތީ ހައްލުތަކަކަށް ވިސްނަވަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ޒަމާނުއްސުރެ ކުރަމުން އަންނަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.
ނަމަވެސް، ބޮޑުހިލަ ޖެހުމަކީ ވަރަށް އަގުބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިހާރުގެ ވިސްނުމަކީ އެ ނޫން ގޮތްގޮތުން އެކަމަށް ހައްލު ހޯދުން ކަމަށެވެ.
މިގޮތުން ތިމާވެއްޓާ ރައްޓެހި ގުދުރަތީ ހައްލުތަކަކަށް ދިއުމަށް މިހާރު ވިސްނުންތަކެއް ގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ރަށްރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށާއި ހަރަދު ކުޑަކުރުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީ ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ ވަރަށް ސީރިއަސް ގޮންޖެހުމެކެވެ. ރަށްގިރުމަކީ ރަށުގެ ގޮނޑުދޮށުން ވެލިގަނޑު މަދުވެ، ބިން ކުޑަވަމުންދާ ދިއުމެވެ.
މިކަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ގަދަ ތޫފާންތައް ހިމެނެއެވެ. މީގެ އިތުރުން، އިންސާނުން ކުރާ މަސައްކަތްތަކުގެ ތެރެއިން؛ ބިން ހިއްކުމާއި، ފަޅު ފުންކުރުން ފަދަ ކަންކަމުގެ ސަބަބުން އޮއިވަރަށް ބަދަލު އައިސް، ރަށުގެ ގުދުރަތީ ރައްކާތެރިކަން ގެއްލި، ރަށްގިރުމަށް މަގުފަހިވެއެވެ.

ކިޔުންތެރިންގެ ހިޔާލު