ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް- އެޗްޑީސީގެ މައި އޮފީސް ހުންނަނީ ހުޅުމާލޭގައި
ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް- އެޗްޑީސީގެ މައި އޮފީސް ހުންނަނީ ހުޅުމާލޭގައި
އެޗްޑީސީން ދޫކޮށްފައިވާ ފުލެޓާއި، ގޯތި އަދި ރޯހައުސްތަކުގެ ކުއްޔަށްވާ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބާރު އެޅުމުގެ ގޮތުންކަން ފާހަގަކޮށް އެޗްޑީސީ އިން ވަނީ ރައްޔިތުން އެ އިދާރާއަށް ވަޑައިނުގެން ގޭގައި ތިއްބަވައިގެން ގޯތި ނުވަތަ ރޯ ހައުސްގެ ތަފްޞީލާއެކު ބީއެމްއެލްގެ އެކައުންޓް ނަންބަރު 003-134831-7701 އަށް ޓްރާންސްފަރ ކުރުމަށް އެދިފައެވެ. އަދި ފައިސާ ޓްރާންސްފަރ ކުރުމަށްފަހު އެކަން އަންގައިދޭ ލިޔުން 7290448 ނަމްބަރު މޮބައިލް ނަމްބަރަށް ވައިބަރ ކުރައްވައިގެން ކުލި ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް

އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން ދޫކޮށްފައިވާ ފުލެޓާއި، ގޯތިތަކާއި، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާޢީ ބިންތަކަށް، މިހިނގާ އޭޕްރީލް އަދި އަންނަ މޭ މަހު ދައްކަންޖެހޭ އިންސްޓޯލްމަންޓާއި ކުލީގެ ތިރީސް އިންސައްތަ ދެއްކުން ފަސްކޮށްދިނުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

ފަސްކޮށްދިނުމަށް ހަމަޖެހިފައިވާ 2 މަހަށް ވާ ފައިސާއަށްވާ ތިރީސް އިންސައްތަ 12 ޖެހިގެން އަންނަ 12 މަހުގެ ތެރޭގައި ދައްކާނެ ގޮތެއް އިހުތިޔާރު ކުރުމުގެ ފުރުސަތުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން