ފ. ފީއަލީގައި ގެއެއްގެ ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއިން މިއަދު ކަރަންޓުގައި ޖެހި، ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ފީއަލީ ގެއެއްގެ ފުރާޅު ސާފުކުރުމަށްފަހު މަގުބައްތި ހޮޅިދަނޑިއެއްގެ އެހީގައި ތިރިއަށް ފައިބަން އުޅުނު ދެ މީހަކު ކަރަންޓުގައި ޖެހި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު 12:50 ގައި ކަމަށެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ފީއަލީ ކައުންސިލުން ބުނީ، މި ހާދިސާ ހިނގާފައިވަނީ އެ ދެބެއިން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށްފަހު ފައިބަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެމީހުން ކަރަންޓުގައި ޖެހުނީ ގޭގެ ބޭރުން މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލި ވަގުތު ކަމަށް ކައުންސިލުން ބުނެއެވެ.
ކަރަންޓުގައި ޖެހުމާއެކު ދެ މީހުންމެ މަގުމައްޗަށް ވެއްޓުނު ކަމަށާއި، ވެއްޓުނު ވަގުތު އޭގެ ތެރެއިން އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ.
މި ދެ ޒުވާނުންނަށް ފީއަލީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް 14:50 ވަނީ ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލު އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު