ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ސްރީލަންކާގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 42 އަހަރުގެ މަހޭސް އިންދިރާޖިތް ސިލްވަ އާއި، 48 އަހަރުގެ ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ އާއި، 50 އަހަރުގެ މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ އެވެ. މި ތިން މީހުންނަކީ ވެސް ސްރީލަންކާގެ ރައްޔިތުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 24 ފުޅިއާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވެއެވެ. އޭގެ ތެރޭގައި 38,000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 1,100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ރާއްޖެއިން ޑީޕޯޓުކޮށްލުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު