ޔުގެންޑާގެ ލޮކްޑައުންގައި ވިހަން ތައްޔާރުވެފައިވާ މާބަނޑު އަންހެނުން މަރުވަނީ
ޔުގާންޑާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ވިހަން ތައްޔާރުވެފައިވާ ތިބޭ މާބަނޑު އަންހެނުން ހިނގާފައި ހޮސްޕިޓަލާއި ހަމައަށް ދާންޖެހޭތީ އެމީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް އިރުމަތީ އެފްރިކާގައި ހަރަކާތްތެރިވާ ހިއުމަން ރައިޓްސް ގުރޫޕަކުން ބުނެފިއެވެ.
ކޮރޯނާވައިރަހާއި ގުޅިގެން ގިނަ ގައުމުތަކުގައި ކާފިއު ހިންގައި ލޮކްޑައުން އިއުލާން ކޮށްފައިވާއިރު މިކަމާއި ގުޅިގެން އެތައް މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ކަމްޕާލާގެ ސްކޯވިއާ ނަކަވޫޔާ ނަމަކަށް ކިޔާ 39 އަހަރުގެ މާބަނޑު އަންހެނަކު ލޮކްޑައުންގެ ތެރޭގައި ވިހެއުމުގެ ތަދު އެރުމުން ފައިމަގުގައި ހޮސްޕިޓަލަށް ދާން ކުރި މަސައްކަތުގެ ތެރޭގައި އޭނާގެ ދަރިފުޅުވަނީ ބަނޑުތެރެއަށް މަރުވެފައެވެ. އަދި އޭގެ މަދު ގަޑިއިރުތަކެއް ފަހުން 4 ކުދިންގެ މަންމައެއް ކަމުގައިވާ، ސްކޯވިއާވެސްވަނީ މަރުވެފައެވެ.
ސްކޯވިއާ ހިމެނޭގޮތަށް ޔުގެންޑާގައި ފައިމަގުގައި ހޮސްޕިޓަލަށް ދިޔުމުގެ ތެރޭގައި މާބަނޑު 7 އަންހެނަކު މަރުވެފައިވާކަމަށް ހިއުމަން ރައިޓްސް ގްރޫޕުން ބުނެފައިވާއިރު މިގޮތަށް ތުއްތު 2 ކުއްޖަކުވެސް މަރުވެފައިވާކަން އެމީހުން ފާހަގަކޮށްފައިވެއެވެ.
ޔުގެންޑާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި މައްސަލަތަށް ތަހުގީގުކުރަމުންދާ ކަމަށާއި، މިކަމާ ބެހޭގޮތުން އަދި ވަކި އެއްޗެއް ބުނެވެންނެތް ކަމަށެވެ.
އާންމުންނަށް އެމްބިއުލާންސްގެ ހިދުމަތް ލިބިގަތުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ގިނަ ބަޔަކު ހޮސްޕިޓަލަށް ދާން ޖެހިފައިވަނީ އަމިއްލަ އުޅަނދުތަކުގައެވެ. އެޤައުމުގެ 134 އަވަށެއްކައި އެމްބިއުލާންސްގެ ހިދުމަތް ހޯދަން ގުޅާނެ ވަކި ނަމްބަރެއް ހަމަޖައްސާފައި ނޯންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔުގެންޑާއިން މިހާތަނަށް ކޯވިޑް-19ގެ 53 ކޭސްވަނީ ފެނިފައެވެ. ނަމަވެސް އަދި މިބަލީގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު