މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަބަދުވެސް އެންމެ އިސް އަމާޒު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވަނީ ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ އަދި އިސްކަންދޭ ކަމެއް ކަމަށެވެ.
މިގޮތުން އެމްޑީޕީގެ ސަރުކާރުގައި މަސައްކަތްތެރިންގެ ލާބަޔާއި މަންފާއަށް ކުރެވުނު މުހިންމު ކަންތައްތަކަށް ރައީސް ސޯލިހު އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާއި، ސަރުކާރުގެ މުވައްޒަފުންނަށް 6 މަސްދުވަހުގެ މެޓާނިޓީ ލީވް (ވިހެއުމާ ގުޅިގެންދޭ ޗުއްޓީ) ތައާރަފްކުރުން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖު ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ދަށުން ގެނެވުނު އިންގިލާބީ ބަދަލެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްޤުގައި ކުރާ އެންމެހާ މަސައްކަތްތަކުގައި އެ ޕާޓީގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ވޯކާރސް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މީހުން ކުރާ ބުރަ މަސައްކަތާއި، މުޖުތަމައުއަށް އެމީހުންގެ ފަރާތުން ލިބޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މޭ ޑޭގެ ތަހުނިޔާ ހުރިހާ ދިވެހި މަސައްކަތްތެރިންނަށް އަރިސްކުރަން.
— Ibrahim Mohamed Solih (@ibusolih) May 1, 2026
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އަބަދުވެސް @MDPSecretariatގެ އިސް އަމާޒެކެވެ. މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، 6 މަހުގެ…
މިގޮތުން އެމްޑީޕީގެ ސަރުކާރުގައި މަސައްކަތްތެރިންގެ ލާބަޔާއި މަންފާއަށް ކުރެވުނު މުހިންމު ކަންތައްތަކަށް ރައީސް ސޯލިހު އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާއި، ސަރުކާރުގެ މުވައްޒަފުންނަށް 6 މަސްދުވަހުގެ މެޓާނިޓީ ލީވް (ވިހެއުމާ ގުޅިގެންދޭ ޗުއްޓީ) ތައާރަފްކުރުން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖު ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ދަށުން ގެނެވުނު އިންގިލާބީ ބަދަލެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްޤުގައި ކުރާ އެންމެހާ މަސައްކަތްތަކުގައި އެ ޕާޓީގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ވޯކާރސް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މީހުން ކުރާ ބުރަ މަސައްކަތާއި، މުޖުތަމައުއަށް އެމީހުންގެ ފަރާތުން ލިބޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ކިޔުންތެރިންގެ ހިޔާލު