ސްރީލަންކާގައި ކޮރަޕްޝަނާއި ވައްކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، 2026 ވަނަ އަހަރަކީ އެފަދަ ކުށްވެރިން ޖަލަށްލާ އަހަރަކަށް ހައްދަވާނެ ކަމަށް އެގައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ ވިދާޅުވެއްޖެއެވެ.
ނުވަރައެލިޔާގައި ބޭއްވި މަސައްކަތްތެރިންގެ ދުވަހުގެ (މޭޑޭ) ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަނޫރާ ވިދާޅުވީ، މިހާރުގެ ސަރުކާރަކީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރާއެކު ހިނގަމުންދާ ސަރުކާރެއް ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ތައްޔާރަށް އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ލަންކާ ރައީސް ވިދާޅުވި ގޮތުގައި، ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިސްވެ އޮވެ ހިންގާ މި ސަރުކާރުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އާމްދަނީ އިތުރުކުރުމާއި، ބޯހިޔާވަހިކަމާއި، ތައުލީމީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ގާނޫނީ ވެރިކަން ހަރުދަނާކުރުން ހިމެނެއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުންވި ދަނޑުވެރިންނާއި މަސްވެރިންނަށް ބަދަލު ދިނުމާއި، ތެލާއި ފާޓިލައިޒާގެ އަގު ހެޔޮކުރުމަށް ސަބްސިޑީ ދިނުން ފަދަ ލުއިތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަން ދިސާނާޔަކަ ފާހަގަކުރެއްވިއެވެ.
ވެރިކަން ހިންގުމުގެ ނިޒާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ދިސާނަޔަކަ ވިދާޅުވީ، ކޮރަޕްޝަން ބަލާ ކޮމިޝަނާއި ފުލުހުންގެ ތަހުގީގީ އިދާރާތައް މިހާރު ވަނީ ވަރުގަދަކޮށްފައި ކަމަށެވެ. އަދި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި އާ ކޯޓުތަކެއް އުފައްދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުރި މީހެއް ނޫން. ކުރީގެ ސަރުކާރުތަކުގެ އިސް ބޭފުޅުންނާއި ސިޔާސީ ނުފޫޒުގަދަ މީހުންގެ މައްސަލަތައް މިހާރު ދަނީ ބަލަމުން،" ލަންކާ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގިނަ މައްސަލަތަކެއް މިހާރުވެސް ކޯޓުތަކުގައި އެބަހުރި ކަމަށާއި، ވަރަށް އަވަހަށް އޭގެ ހުކުމްތައް އިވޭނެ ކަމަށެވެ.
ރައީސް ދިސާނަޔަކައިގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެންމެންނަށް ހަމަހަމަކަމާއެކު ގާނޫނު ހިނގާ، ތައުލީމާއި ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ގައުމެއް ބިނާކުރުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަލިކަށިކުރަން ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ރައްޔިތުންނާއެކު ގައުމު އާރާސްތުކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު