ފަރަށް އެރި ދޯނި
ފަރަށް އެރި ދޯނި
5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ތިލަޔަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގދ. ފަރެސްމާތޮޑާ އިން ފުރައިގެން ގއ. ނިލަންދޫ އަށް ދަތުރުކުރި ދޯންޏެއް ގދ. ވާދޫ ކައިރީގައި އޮންނަ ތިލަޔަކަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރި ވާން ފަށާފައިވާ ކަމަށެވެ.

މިއީ "އެޑަމް 60" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށާއި، މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 6:40 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަދި މިކަމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން