މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، 24 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށް އައީ 152،861 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 202،214 ފަތުރުވެރިންނާ އަޅާބަލާއިރު 24.4 ޕަސެންޓް ދަށް އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 813،503 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 857،386 ފަތުރުވެރިންނެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6،668 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އިން 122،134 ފަތުރުވެރިން އައިސްފައިވާއިރު ރަޝިއާއިން ޒިޔާރަތް ކުރީ 10,174 ފަތުރުވެރިންނެވެ. އޭގެއިތުރުން އިނގިރޭސިވިލާތުން 7،,453 ފަތުރުވެރިން، އިޓަލީވިލާތުން 65،583 ފަތުރުވެރިން އަދި ޖަރުމަންވިލާތުން 53،564 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު މިހާ ބޮޑަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ، މިދިޔަ މާޗް މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ އިތުރުން، މެދުއިރުމަތީގެ އެހެން އެއާލައިންތަކުގެ ދަތުރުތައް ވެސް އެތައް ދުވަހެއް ވަންދެން މެދުކަނޑާލަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު