ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު
ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު
އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ހޫނުވެ، ޕާޓީގެ ލީޑަޝިޕްގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އުކުޅުތަކަށް ސަމާލުވުމަށް ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ސިއްދީގު ދެއްވި މެސެޖެއްގައި ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ އާންމު މެންބަރުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް ތުހުމަތުކުރަށްވާފައެވެ.

ސިއްދީގު ވިދާޅުވީ، ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ މެންބަރުން "ގުނބޯހައްދަމުން" ކަމަށެވެ. އަދި މީގެ ކުރިންވެސް އެމްޑީޕީ ބައިބައިކޮށްލާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ރައީސް ނަޝީދު ވަނީ އެ މަގަށް މަސައްކަތް ކުރަށްވައި ޕާޓީ ބައިބައި ކުރަށްވާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"‏އެވަރުން ނުވެގެން ޕާޓީއެއް ހަދައި އެމްޑީޕީގެ މެންބަރުން ކޮޅުވެސް ގެންދިޔައީ. އެމްޑީޕީ ގެ ތެރެ ފިތުނަ ކުރި. ދެންވެސް ވިސްނަންވެއްޖެ ނޫންތޯ ވަމުންދާގޮތް." ސިއްދީގު ވިދާޅުވިއެވެ.



ސިއްދީގު މިބީދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރިގަދަވެ، ޕާޓީގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި މަގާމަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ލ. ފޮނަދޫ ކައުންސިލަށް ވާދަކުރެއްވި އިބްރާހީމް މުޙައްމަދު (ވާޑު) އެވެ.

މި އިންތިޚާބުގެ ވާދަވެރިކަން ބޮޑަށް އޮންނާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ދެމެދުގައެވެ.



ކިޔުންތެރިންގެ ހިޔާލު