ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެފަދަ އަމަލުތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދެވެ. ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދީފައި އޮތް ނަމަވެސް، އެކަން ކުރަންވާނީ އަނެކުންގެ ހައްގުތަކަށް އިހުތިރާމްކޮށްގެން ކަމަށެވެ.
ސައްތާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާނޫނާ ހިލާފަށް ހިންގާ ބައެއް ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ދަނީ ގެއްލެމުންނެވެ. އެހެންކަމުން، މިފަދަ ކަންކަން ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ގާނޫނީ ފިޔަވަޅު އެޅުމާ މެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަކީ މި ގަރާރުގެ މައިގަނޑު މަގުސަދެވެ.
މި ގަރާރަށް ބަހުސް ކުރެއްވި ޕީއެންސީގެ ބައެއް މެންބަރުން ވަނީ ގާނޫނާ ހިލާފުވާ ޕާޓީތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެގޮތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ގާނޫނާ ތަކުރާރުކޮށް ހިލާފުވާ ނަމަ ކޯޓު އަމުރެއްގެ ދަށުން އެފަދަ ޕާޓީތައް އުވާލަން ޖެހޭ ކަމަށެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، ޕީއެންސީ އިދިކޮޅުގައި އޮތްއިރު މާލޭގެ ބޮޑެތި މަގުތަކުގައި އަވަށްޓެރި ގައުމުތަކުގެ އިސްވެރިންނަށް ނިސްބަތްކޮށް ހިންގި ހަރަކާތްތަކަކީ ވެސް ހަމަ އެފަދަ ކަންކަން ކަމަށެވެ. އަދި އޭރުވެސް އަމަލުކުރަމުން ދިޔައީ ހަމަ މިހާރު މިއޮތް ގާނޫނުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިފަދަ ގަރާރެއް ހުށަހަޅާފައިވާއިރު، ޕީއެންްއެފްގެ މުޒާހަރާތަކުގައި ޤާނޫނާ ހިލާފު އަމަލުތައް ކުރަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ އެކަންކަން ތަކުރާރުވާނަމަ އެ ޕާޛީއާމދެޔ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު