ކަރަންޓު ޚަރަދުތައް ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ހަކަތައިގެ ނިޒާމު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި "ޕްރެސާ ވިތު ސްޕޮކްސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރާއްޖޭގައި މިހާރު ކަރަންޓު އުފެއްދުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ޑީސަލް ޖެނެރޭޓަރުތަކަށް ކަމަށެވެ. އެހެންކަމުން، މި ނިޒާމުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުންދު ވިދާޅުވި ގޮތުގައި ކަރަންޓު ބިލު ބޮޑުވުމަކީ ހަމައެކަނި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. ކަރަންޓު ފޮނުވައިދޭ ވަޔަރިންގް ނިޒާމު ރަނގަޅު ކުރުމަކީވެސް ބިލު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށްގެން މި މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަޔަރިންގް ރަނގަޅިއްޔާވެސް ކަރަންޓު ބިލު ކުޑަވޭ. އެހެންވީމަ ސީޒަނަލް މައްސަލައަކީ އެއް މައްސަލަ، ޖެނެރަލް އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަކީ ވެސް މުހިންމު ކަމެއް. އެއަށްވުރެ ވެސް ބޮޑަށް މި ސަރުކާރުން އިސްކަމެއް ދެއްވަނީ މިކަމަށް ދާއިމީ ދެމެހެއްޓެނިވި ހައްލެއް ހޯދޭތޯ،" މުންދު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން މުންދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތައް ދެނެގަނެ، އެ ތަންތަނުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު