ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އެމަޕަރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީގައި ރޯވެގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:55 އެކަށްހާއިރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސަފާރީގެ ބޮޑު ބައެއްގައި ވަނީ އަލިފާން ހިފާފައެވެ. އަދި އުޅަނދުން އަރަމުންދާ ބޯ ކަޅު ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރުވެސް ވީޑިއޯތަކުމް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު