ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓްގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި މި ލަސްތަކާ ގުޅިގެން، ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމަށްޓަކައި މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރަމުންދާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ. މިއީ މި ވަގުތަށް ކުރިމަތިވެފައިވާ ސްޓޮކްގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ޕާސްޕޯޓުގެ ބާވަތަށް އައި މި ބަދަލާއެކު، ޚިދުމަތުގެ އަގަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ނަގާ 1,000 ރުފިޔާގެ ބަދަލުގައި، މިހާރު ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަށް ނަގާނީ 600 ރުފިޔާއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި ހާލަތުގައި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދަވާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އަލުން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވާ ހާލަތްތަކުގައި، އާންމުކޮށް ނަގާ ކެންސަލޭޝަން ފީ އާ ނުލައި ޕާސްޕޯޓު އައު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ބަދަލުގެ ސަބަބުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އިމިގްރޭޝަނުން ވަނީ މައާފަށް އެދިފައެވެ. އަދި ވީ އެންމެ އަވަހަކަށް ޕާސްޕޯޓުގެ ސްޓޮކް ލިބި، އާންމު އުސޫލުން އީ-ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު