މަންދު ކޮލެޖްގެ ޗެއަރމަން އިބުރާހިމް އިސްމާޢީލް (އިބުރާ) ކިތަންމެ ބޭނުންވިޔަސް ނަޞާރާދީނަށް އަޅުކަންކުރާ ތަނެއް ރާއްޖޭގައި ނުހެދޭނެކަމަށް ކުރީގެ ރައީސް ޔާމިނު ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖުން ތަޢުލީމް ޙާސިލުކުރަމުން އަންނަ ދަރިވަރަކު ކްލާސް ރޫމްގައި މޫނު ބުރުގާ އަޅާތީ އެ ކޮލެޖުން ވަކިކުރަން އެންގި މައްސަލަ މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މަންދު ކޮލެޖުގެ ޢާއިޝަތު ޝަބާނާގެ ފަރާތުން އެ ކޮލެޖުގައި ތަޢުލީމް ޙާސިލުކުރަމުންދިޔަ ސިމާނާއަށް ފޮނުވި މެއިލްގައިވަނީ ތަޢުލީމު ހާސިލުކުރަން ބޭނުންނަމަ ކިލާސް ގަޑީގައި މޫނުބުރުގާ ނެގުމަށެވެ. އެ ގޮތަށް ޢަމަލުނުކޮށްފިނަމަ ކޯހުން ވަކިވާންޖެހޭނެކަމަށް ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން ޞިއްދީޤު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " މޫނު ބުރުގާ އެޅުމަކީ ކޮލެޖުންވަކިކުރެވޭނެ ސަބަބެއްނޫން. މީގެކުރިންވެސް ރާއްޖޭގެ ގިނަބަޔަކު ތުހުމަތުކުރޭ މަންދުކޮލެޖްގެ ވެރިންގެ ލާދީނިއްޔަތު ގެ ހައްދުފަހަނައެޅުމާމެދު. ހުއްދަ ބާޠިލުކޮށް ތަން ބަންދުކުރަންޖެހޭ." ކަމަށެވެ.
މީގެ އިތުރުން އިބުރާހިމް އިސްމާޢީލް ކިތަންމެ ބޭނުންވިޔަސް ނަޞާރާދީނަށް އަޅުކަންކުރާ ތަނެއް ރާއްޖޭގައި ނުހެދޭނެކަމަށް ވެސް ޞިއްދީޤު ވަނީ ވިދާޅުވެފައެވެ.
މޫނު ބުރުގާ އެޅުމުގެ ސަބަބުން ސިމާނާ ވަކިކުރަން ނިންމިއިރު ރާއްޖޭގެ ގިނަ ކޮލެޖުތަކުގައި މޫނު ބުރުގާ އަޅާފައި ތިބޭ ކުދިން ތަޢުލީމު ހާސިލުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ މުދައްރިސުން ވަޒީފާއިން ވަކިކުރުންވެސް ޢާއްމު ވެގެން ގޮސްފައިވެއެވެ.
ނަމަވެސް މޫނު ބުރުގާ އަޅައިގެން އުނގެނުމާއި އުނގަންނައި ދިނުމުގެ ޙައްޤު ކަށަވަރުކޮށް ދެއްވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.

މޫނު ބުރުގާ އެޅުމަކީ ކޮލެޖުންވަކިކުރެވޭނެ ސަބަބެއްނޫން.
— ރައީސް ޔާމީން މިނިވަންކުރޭ (@AhmedSiddeeq) October 16, 2020
މީގެކުރިންވެސް ރާއްޖޭގެ ގިނަބަޔަކު ތުހުމަތުކުރޭ މަންދުކޮލެޖްގެ ވެރިންގެ ލާދީނިއްޔަތު ގެ ހައްދުފަހަނައެޅުމާމެދު.
ހުއްދަ ބާޠިލުކޮށް ތަން ބަންދުކުރަންޖެހޭ.
އިބުރާ ބޭނުމަސް ނަޞާރާދީނަށް އަޅުކަންކުރާ ތަނެއް ރާއްޖޭގައި ނެހެދޭނެ. pic.twitter.com/Hnxpv3oiwz
މީގެ އިތުރުން އިބުރާހިމް އިސްމާޢީލް ކިތަންމެ ބޭނުންވިޔަސް ނަޞާރާދީނަށް އަޅުކަންކުރާ ތަނެއް ރާއްޖޭގައި ނުހެދޭނެކަމަށް ވެސް ޞިއްދީޤު ވަނީ ވިދާޅުވެފައެވެ.
މޫނު ބުރުގާ އެޅުމުގެ ސަބަބުން ސިމާނާ ވަކިކުރަން ނިންމިއިރު ރާއްޖޭގެ ގިނަ ކޮލެޖުތަކުގައި މޫނު ބުރުގާ އަޅާފައި ތިބޭ ކުދިން ތަޢުލީމު ހާސިލުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ މުދައްރިސުން ވަޒީފާއިން ވަކިކުރުންވެސް ޢާއްމު ވެގެން ގޮސްފައިވެއެވެ.
ނަމަވެސް މޫނު ބުރުގާ އަޅައިގެން އުނގެނުމާއި އުނގަންނައި ދިނުމުގެ ޙައްޤު ކަށަވަރުކޮށް ދެއްވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު