އެމެރިކާގެ މިޝިގަންގައި ހުންނަ "ޕޯކިއުޕައިން މައުންޓަންސް ވައިލްޑަނަސް ސްޓޭޓް ޕާކް" ގެ ބޮޑު ޖަންގަލީގެ ތެރޭގައި ގެއްލުނު އުމުރުން އެންމެ 8 އަހަރުގެ ކުއްޖަކު، ދެ ދުވަސް ވަންދެން އަމިއްލައަށް ހިތްވަރުކޮށް ސަލާމަތުން ހުއްޓާ ފެނިއްޖެއެވެ. ނާންޓޭ ނިއެމީ ނަމަކަށް ކިޔާ މި ކުއްޖާ ފެނިފައިވަނީ ބޮޑު ގަހެއްގެ ބުޑުދަށުގައި ނިވާވެގެން ހުއްޓައެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ. ނާންޓޭ ގެއްލުނީ އޭނާގެ އާއިލާއާއެކު އެ ޕާކުގައި ކޭމްޕް ކުރަން ގޮސް އުޅެނިކޮށް، އުދުން ރޯކުރަން ބޭނުންވާ ބައެއް ދަރު ހޯދަން ދިޔަ ވަގުތުގައެވެ. އޭނާ ގެއްލުނު ސަރަހައްދަކީ ގުދުރަތީ ގޮތުން ވަރަށް އުނދަގޫ، އުސްފަސްގަނޑުތަކާއި ހިލަތައް ގިނަ، އަދި ފިނި މޫސުމުގެ ސްނޯގެ އަސަރު ވަރަށް ބޮޑަށް އޮތް ސަރަހައްދެކެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކުއްޖާ ހޯދުމުގެ ބިޔަ އޮޕަރޭޝަނުގައި 150 އަށްވުރެ ގިނަ ރެސްކިއު މަސައްކަތްތެރިން ބައިވެރިވިއެވެ. ގާތްގަނޑަކަށް 40 އަކަ މޭލުގެ ބޮޑު ސަރަހައްދެއް ބަލަމުން ދިޔައިރު، މޫސުން ގޯސްވުމުގެ ސަބަބުން ޕާކުގެ ބައެއް މަގުތައް ވެސް އޮތީ ބަންދުވެފައެވެ. ކުއްޖާ ގެއްލުނުތާ ދެ ދުވަސް ވެގެން ދިޔައިރުވެސް، އޭނާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާތީ އާއިލާއާއި ކަމާބެހޭ ފަރާތްތަކުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
ނަމަވެސް، މިދިޔަ ހޯމަ ދުވަހު ނާންޓޭ ފެނިފައިވަނީ އޭނާ ކޭމްޕް ކުރި ތަނާ ގާތްގަނޑަކަށް ދެ މޭލު ދުރުންނެވެ. މިޝިގަން ސްޓޭޓް ޕޮލިހުން ހާމަކުރި ގޮތުގައި، މި ކުއްޖާ ސަލާމަތްވީ އޭނާގެ ކިބައިގައި ހުރި ހައިރާންކުރުވަނިވި "ސަވައިވަލް އިންސްޓިންކްޓް" ނުވަތަ އަމިއްލަ ނަފްސު ސަލާމަތްކުރުމުގެ ހުނަރުގެ ސަބަބުންނެވެ. އެގޮތުން، ފިނިގަދަވުމުން އޭނާ ވަނީ ގަހެއްގެ ބުޑު ދަށުގައި ނިވާވެ، ފިނިން ސަލާމަތްވުމަށް މަސައްކަތް ކޮށްފައެވެ. އަދި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި، ކަރުހިއްކައިގަތް ކޮންމެ ފަހަރަކު އޭނާ ބޮއެފައިވަނީ ސާފު ސްނޯއެވެ.
ކުއްޖާގެ މަންމަ ވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، އެ ސަރަހައްދަށް އާންމުން ނުވަނުމަށް އެދިފައިވާ އެދުމަށް އެންމެން އިހުތިރާމް ކުރުމަކީ ކުއްޖާ ހޯދުމުގެ މަސައްކަތް އަވަސްވެގެންދިޔަ ސަބަބެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނާންޓޭ ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތުން އޭނާ ވަނީ އާއިލާއާ ހަވާލުކުރެވިފައެވެ. މި ހާދިސާއަކީ ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތްވާނެ އަސާސީ އުކުޅުތައް އެނގުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު