އިލެކްޝަންސް ކޮމިޝަނަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުމުގެ މަސްއޫލިއްޔަތު އޮތް މުއައްސަސާއެއް ކަމަށާއި، ސިޔާސީ ޕާޓީތަކުގެ މައްޗަށް ބަސްބުނުމުގެ އެއްވެސް ބާރެއް އެ ކޮމިޝަނަށް އޮވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މައިގަނޑު ދައުރަކީ ގައުމީ އިންތިޚާބުތައް އިންތިޒާމުކޮށް ބޭއްވުން ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެ ކޮމިޝަންގެ ދައުރު ނިމުނީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން ކުރާ އިހުތިޖާޖުތަކާއި ހަރަކާތްތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެރޭ ސާކިއުލާ ތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، މަނާ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ފަދަ ކަންކަމަކީ "އިލެކްޝަން މެޓަރ" އެއް ނޫން ކަމަށެވެ. އަދި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށް ވާއިރު، އެކަމުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން އަތްބާނައިގެން ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ބޭފުޅުން ތިބެންވާނީ އެ ބޭފުޅުންގެ މެންޑޭޓް ތެރޭގައި، އެ ބޭފުޅުންގެ ރޯލަކީ ކޮބައިކަން ދަނެގެން. މިތަނުގައި މިވަނީ ކިހިނެއްތޯ؟ މުއައްސަސާގެ ވަށައިގެން 'ގްލެމަރ' އެއް އުފައްދައި، އެ މުއައްސަސާ ބޮޑުކޮށް ދެއްކުމަށްޓަކައި، އެމީހުންގެ ބާރުގެ ކޮންމެ އިންޗިއަކާއި ފޫޓެއްގެ ދައިގަންނައޭ ބުނާ އުސޫލުން މިދަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ ސިޔާސީ ޕާޓީތަކުން ވޯޓު ދީގެން ހޮވާފައި ތިއްބަވާ ބޭފުޅުންނެވެ. އެހެންކަމުން، ރާއްޖޭގެ ސިޔާސީ ކަންކަން ހިންގަނީ ސިޔާސީ ޕާޓީތަކުން ކަމަށްވާތީ، އެކަމުގައި ބަސް ބުނުމުގެ ބާރު އޮންނަންވާނީ ޕާޓީތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ސިޔާސީ މާހައުލަށް ބަލާއިރު، ގާނޫނުތައް ހުރި ގޮތުން އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ މި ގާނޫނުތައް އަލުން ބަލައި، ބައެއް ކަންކަން "އޯވަހޯލް" ކުރަން ނުވަތަ މުޅިން އަލުން ތަރުތީބު ކުރަން ޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު