ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އެމަނިކުފާނަށް ކުރިން ކިޔަވައިދެއްވި މުދައްރިސާ ވީރާ ދިމިތުރީވްނާ ގުރެވިޗްއާ ބައްދަލުކުރައްވައި، ނުހަނު ލޯތްބާއި އިހުތިރާމާއެކު ހާއްސަ މެހެމާންދާރީއެއް އަރުވައިފިއެވެ.
މޮސްކޯގައި ބޭއްވި ކާމިޔާބީގެ ދުވަހުގެ (ވިކްޓަރީ ޑޭ) ޕެރޭޑް ބައްލަވާލެއްވުމަށް ރައީސް ޕޫޓިންގެ ހާއްސަ ދައުވަތަކަށް ވަޑައިގެންނެވި ގުރެވިޗް، އެ ހަރަކާތަށްފަހު މޮސްކޯގައި މަޑުކުރެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި ޒިޔާރަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، މޮސްކޯގެ އަރްބަޓް ސަރަހައްދުގައި ހުންނަ ހޮޓަލަކުން ގުރެވިޗް ބަލާ ރައީސް ޕޫޓިން އަމިއްލަފުޅަށް ވަޑައިގަތުމެވެ.
ރައީސް ވަނީ އެކަމަނާ ގޮވައިގެން ރަޝިޔާގެ ރިޔާސީ ކާރުކޮޅު ކަމަށްވާ 'އޯރަސް' ލިމޫޒިންގައި އަމިއްލަފުޅަށް ޑްރައިވް ކުރައްވާފައެވެ. ސަގާފީ އެކި ހަރަކާތްތަކަށްފަހު، ރައީސް ޕޫޓިން އެކަމަނާ ގެންދެވީ ކްރެމްލިންގައި ބޭއްވުނު ހާއްސަ ރޭގަނޑުގެ ފަރިއްކޮޅަކަށެވެ.
މިއީ ދަރިވަރަކު އޭނާގެ މުދައްރިސަކަށް ބަހައްޓަންޖެހޭ މަތިވެރި ގަދަރާއި އިހުތިރާމް ހާމަކޮށްދިން، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އޯގާތެރި މަންޒަރެކެވެ. ރައީސް ޕޫޓިންއާއި ގުރެވިޗްއާ ދެމެދު އޮންނަ ގާތް ގުޅުމަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާ ގުޅުމެކެވެ.

ކިޔުންތެރިންގެ ހިޔާލު