އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކެމްޕެއިނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، ލަންކާގެ ދެހިވަލައިގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ ރާއްޖެ ގަޑިން މިރޭ 20:00 އިން 22:00 އަށެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާއަކީ އިންތިޚާބުގެ ކެމްޕެއިނަށް މުހިންމު މަންޒިލެއްގެ ގޮތުގައި ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ފާހަގަ ކޮށްފައެވެ. މިދިޔަ މަހުގެ 19 ގައި ފެށި މި ކެމްޕެއިންގެ ހަރަކާތްތައް މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަންނަ ޖޫން 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރަށްވައެވެ.
އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) އެވެ.

ކިޔުންތެރިންގެ ހިޔާލު