'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވާ އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފިއެވެ.
މި ދެ ނޫސްވެރިން ޖަލަށްލުމަށް ކޯޓުން މިއަދު އަމުރުކުރީ، ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއްގައެވެ. މިއަދުގެ ކޯޓު އަޑުއެހުމުގައި ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލައި ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިންނަކީ ދައުލަތާއި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކުރާ ބައެއް ކަމަށެވެ. އަދި އެމީހުންގެ މަސައްކަތަށް ހުރަސްއަޅައި ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ނޫސްވެރިން ހައްޔަރުކުރުމުގެ ބަދަލުގައި، އަބުރުގެ ދައުވާ ކުރަން ދަސްކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު