ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމުމަށްފަހު މާދަމާ ޗުއްޓީއަށް ދާން އޮތް ނަމަވެސް، ނުނިމިހުރި މަސައްކަތައް ނިންމުމަށްޓަކައި މި ހިނގާ މޭ މަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން އަހަރުގެ ފުރަތަމަ ދައުރު މޭ މަހުގެ 15 ވަނަ ދުވަހަށް ނިމޭނެއެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ މި މަހުގެ 31 ގެ ނިޔަލަށް ދައުރު ކުރިއަށް ގެންދިއުމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މިގޮތަށް ހުށަހެޅުއްވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މުހިއްމު ބިލްތަކާއި އެހެނިހެން މަސައްކަތްތައް ނިންމަން ޖެހޭތީއެވެ.
މި ހުށަހެޅުމަށް މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވަނީ ދައުރު ދަންމާލުމަށް ތާއީދު ކުރައްވާފައެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގެ ދައުރު ދަންމާލިއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ބިލްތަކެއްގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ސައިބާ ސެކިއުރިޓީ ބިލާއި، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ އިތުރުން ވަތަނީ ހިދުމަތުގެ ބިލާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
މީގެ އިތުރުން، ބޭރު ގައުމުތަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމުގެ މަސައްކަތްތަކެއް ވެސް މަޖިލީހުގައި އެބަހުއްޓެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުން މި ދައުރުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު