މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އެޅި ލޯންޗެއް ހޯދައި، މާލެ ސިޓީ ކައުންސިލުން އެ އުޅަނދު ޖޫރިމަނާކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ. އެ ދުވަހު މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނި އެޅުމަށްފަހު ފުރައިގެން ދިޔަ މި ލޯންޗު ފެނިފައިވަނީ، އަނބުރާ މާލެ އައުމުން ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން ކުރި މަސައްކަތުންނެވެ. އެގޮތުން، އިއްޔެ މި ންޗު ފެނިފައިވަނީ މާލޭގެ އުތުރުފަރާތު 1 ނަންބަރު ޖެޓީގައި އޮއްވައެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި އުޅަނދު ޖޫރިމަނާކޮށްފައިވަނީ އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުންނެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ޖޫރިމަނާ ކުރީ ކިހާ އަދަދަކުން ކަމެއް ކައުންސިލުން ހާމައެއް ނުކުރެއެވެ. މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމަކީ "އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" (11/2010) ގެ ދަށުން މަނާކަމެކެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ.
އަދި މާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު