ގެއަކީ ތިބާގެ ހިތްހަމަޖެހުމާއި، އަރާމުލިބޭ މަރުކަޒެވެ. ގޭތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެން އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް، ގޭގައި ބޭނުންކުރާ ތަކެތީގެ މުއްދަތު ހަމަވާ ތާރީޚު ޗެކްކުރުމަކީ ގިނަ ފަހަރަށް އަޅާނުލެވޭ ކަމެކެވެ. މިކަމަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ނޭނގި ހުރެ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ތިރީގައި މިވަނީ ބޭނުންކުރެވޭ މުއްދަތު ހަމަވުމުން އުކާލަންޖެހޭ ބައެއް ތަކެތީގެ ލިސްޓެކެވެ. ބައެއް ތަކެތީގައި މުއްދަތު ހަމަވާ ތާރީޚު ޖަހާފައި ނުހުރެދާނެތީ، މި މަޢުލޫމާތުތަކަށް ސަމާލުވުން މުހިންމެވެ.
1. ދަތްއުނގުޅާ ބޭސް: ދެ އަހަރުވުމުން އުކާލާ
ދަތްއުނގުޅާ ބޭސް ހަލާކުވެދާނެ ކަމަކީ ގިނަ ބަޔަކަށް ނޭނގޭ ކަމެކެވެ. ދެ އަހަރުވުމުން އޭގައި ހިމެނޭ މާއްދާތައް ވަކިވެ، ގަނޑުވާން ފަށައެވެ. މީގެ ސަބަބުން ދަތްތަކުގެ ދިފާޢީ ބާރު ކުޑަވެ، އަނގައިގެ ބަލިތަކަށް މަގުފަހިވެއެވެ.
2. ދަތްއުނގުޅާ ބުރުސް
ދަތްއުނގުޅާ ބުރުހުގައި މުއްދަތު ހަމަވާ ތާރީޚެއް ނޯވެއެވެ. ނަމަވެސް، ކޮންމެ ތިން މަހަކުން ނުވަތަ ހަތަރު މަހަކުން ބުރުސް ބަދަލުކުރުމަކީ ދަތުގެ ޑޮކްޓަރުންގެ ލަފައެވެ. ބުރުހުގެ ކެހެރިތައް ހަލާކުވާނަމަ، މިއަށްވުރެ އަވަހަށް ބަދަލުކުރަން ޖެހޭނެއެވެ.

3. މައުތުވޮޝް (އަނގަ ދޮންނަ ބޭސް)
އަލްކަހޯލް ހިމެނޭ މައުތުވޮޝްތަކަކީ ޖަރާސީމު މަރާ އެއްޗަކަށް ވިޔަސް، 2 ނުވަތަ 3 އަހަރުވުމުން އޭގެ ބާރު ކެނޑެން ފަށައެވެ.
4. ހަވާދުގެ ބާވަތްތައް
ހަވާދަކީ ގިނަ ދުވަހު ހުންނަ އެއްޗެއް ކަމަށް ހީވިޔަސް، 3 ނުވަތަ 4 އަހަރުވުމުން އޭގެ ރަހައާއި ބާރު ކެނޑެއެވެ. އަދި މާ ބޯދާ ހަވާދު ބޭނުންކުރުމުން ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ.
5. ލޮލަށް އަޅާ ބޭސް
ލޮލަށް އަޅާ ބޭސް ފުޅި ކަނޑާތާ 28 ދުވަސްވުމުން އޭގެ ސްޓެރައިލްކަން (ޖަރާސީމުން ސަލާމަތްވެފައި ހުންނަ މިންވަރު) ގެއްލެއެވެ. އެހެންކަމުން ހަތަރު ހަފުތާވުމުން ފުޅި އުކާލަންވާނެއެވެ. ނޫންނަމަ ލޮލަށް އިންފެކްޝަން ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ލޮލަށް ބޭސް އަޅަނީ
6. ދަޅުކާނާ
ދަޅުކާނާ އާންމުކޮށް 1 އަހަރާއި 4 އަހަރާ ދެމެދު ހުރެއެވެ. ނަމަވެސް މުއްދަތު ހަމަވުމަށްފަހު ބޭނުންކޮށްފިނަމަ ފުޑް ޕޮއިޒަނިންގް (ކާނާ ވިހަވުން) ކުރިމަތިވެދާނެއެވެ.
7. ކެއްކުމުގައްޔާއި ސަލަޑް ހެދުމަށް ބޭނުންކުރާ ތަފާތު ސޯސްތައް
ތިޔަބޭފުޅުންގެ ބަދިގޭގެ ހަރުތަކުގައި އެކި ބާވަތްތަކުގެ ސޯސް، މަޔޮނައިޒް، މިރުސްޕޭސްޓް އަދި ސެލެޑް ޑްރެސިން ފަދަ ތަކެތި ހުރިނަމަ، މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މިފަދަ ތަކެތި ބޭރުފުށުން ރަނގަޅަށް ހުރިހެން ހީވިކަމުގައި ވިޔަސް، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. އެއްޗެއްގެ މަތި ނަގައި ބޭނުންކުރަން ފެށުމާއެކު، އޭގެ ފެންވަރާއި ރައްކާތެރިކަން މަޑުމަޑުން ދަށްވާން ފަށައެވެ. ޚާއްޞަކޮށް މަޔޮނައިޒް އާއި ސެލެޑް ޑްރެސިން ފަދަ "ކްރީމީ" ބާވަތްތަކަކީ ވަރަށް ނާޒުކު ތަކެއްޗެވެ. ރަނގަޅު ގޮތުގައި ރައްކާނުކުރެވިއްޖެނަމަ، ދުވަސްވާ ވަރަކަށް އޭގައި ބެކްޓީރިއާ އުފެދުމުގެ ފުރުޞަތު ބޮޑެވެ. ފުޅީގައި ހުންނަ ސޯސްތައްވެސް ހޫނުގެ ސަބަބުން ނުވަތަ ތެތްކަން ހުންނަ ތަންތަނުގައި ބެހެއްޓުމުންނާއި، ހަޑި ސަމުސަލެއް ނުވަތަ އާލާތެއް ބޭނުންކުރުމުން ހަލާކުވެދާނެއެވެ.
އާންމުކޮށް މަތި ކަނޑާފައި ހުންނަ ސޯސްތައް ފްރިޖުގައި ބެހެއްޓުމަށާއި، އެންމެ ރަނގަޅު ފެންވަރުގައި ހުއްޓައި މަދު މަސްތަކެއްގެ ތެރޭގައި ބޭނުންކޮށް ނިންމުމަށް ސަމާލުކަން ދޭންޖެހެއެވެ. އެއްޗެއް މުއްދަތު ހަމަވެފައިވާކަން އަންގައިދޭ ނިޝާންތަކުގެ ތެރޭގައި ވަސް ބަދަލުވުން، ކުލަޔަށް ބަދަލު އައުން، އޭގެ އޮށްޓަރަށް ބަދަލު އައުން ނުވަތަ އޭގައި އެކުލެވޭ ބައިތައް ވަކިވުން ހިމެނެއެވެ. މުއްދަތު ހަމަވެފައިވާ ތަކެތި ބަދިގޭގައި ބެހެއްޓުމަކީ ކާނާ ވިހަވުމާއި ބަނޑުގެ އެކި މައްސަލަތަކަށް މަގުފަހިވާނެ ކަމެކެވެ.
އެހެންކަމުން، ގަވާއިދުން މުއްދަތު ޗެކްކުރުމާއި، އަވަހަށް ހުސްނުކުރެވޭ ވަރުގެ ބޮޑެތި ފުޅިތައް ގަތުމުގެ ބަދަލުގައި ކުދި ބޮޑުމިނުގެ އެއްޗެހި އިޚްތިޔާރުކުރުމަކީ ކެއިންބުއިމުގެ ރައްކާތެރިކަމާއި، ތާޒާކަން އަދި ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ސަލަޑް ހެދުމަށް ބޭނުންކުރާ ސޯސްއެއް
8. ކައްކާ ތެޔޮ
މުއްދަތު ހަމަވެފައިވާ ތެލަކީ ކެންސަރާއި ހިތުގެ ބަލިތަކަށް މަގުފަހިކުރާ ނުރައްކާތެރި މާއްދާތައް އުފައްދާ އެއްޗެކެވެ. ތެޔޮ ފުޅި ކަނޑާތާ 6 މަސްވުމުން އުކާލަން ޖެހެއެވެ. ތެލުގެ ވަސް ނުވަތަ ކުލަ ބަދަލުވެފައިވާނަމަ އެއީ ހަލާކުވެފައިވާ ކަމުގެ ނިޝާނެކެވެ.
9. އަވިން ރައްކާތެރިކޮށްދޭ ސަން ކްރީމް (Sunscreen)
އާންމުކޮށް ސަންސްކްރީން ބޭނުންކުރެވެނީ 3 އަހަރު ދުވަހަށެވެ. މުއްދަތު ހަމަވާ ތާރީޚު ފެންނަން ނެތްނަމަ، ގަތް ތާރީޚު ފުޅީގައި ނޯޓުކޮށްފައި ބެހެއްޓުން ބުއްދިވެރިއެވެ.
10. ބާލީސް
ބާލީސް ކޮންމެ 1 ނުވަތަ 2 އަހަރަކުން ބަދަލުކުރަން ޖެހެއެވެ. ބާލީހުގައި މަރުވެފައިވާ ހަންގަނޑުގެ ސެލްތަކާއި، އިސްތަށި އަދި ހަށިގަނޑުން ބޭރުވާ ތެޔޮ ހަރުލާފައި ހުރެއެވެ. މިއީ "ޑަސްޓް މައިޓްސް" (ހިރަފުހުގައި އުޅޭ ސޫފި) އުފެދުމަށް މަގުފަހިވާ ކަމެކެވެ.
11. ހަންގަނޑަށް ބޭނުންކުރާ ތަކެތި (Skincare Products)
މުއްދަތު ހަމަވެފައިވާ ފޭސް ކްރީމް ފަދަ ތަކެތި ބޭނުންކުރުމުން ހަންގަނޑު ހަލާކުވެ، އިންފެކްޝަން އުފެދެއެވެ. ގިނަ އުފެއްދުންތައް ފުޅި ކަނޑާތާ 6 މަހާއި 12 މަހާ ދެމެދު އުކާލަން ޖެހެއެވެ.
12. އުކާލާ ރޭޒަރު (Disposable Razors)
މިއީ އެންމެ 3 ފަހަރު ބޭނުންކުރަން ހަދާފައިވާ އެއްޗެކެވެ. މާ ގިނައިން ބޭނުންކުރުމުން އޭގައި ޖަރާސީމު އަށަގަނެ، ހަންގަނޑު ރަތްވެ ކަހާ ގޮތްވެއެވެ.

އެއްފަހަރު ބޭނުންކުރާ ރޭޒަރުން ތުނބުޅި ބާލަނީ
13. މަސްކަރާ (ލޮލުގައި ޖައްސާ ކޮސްމެޓިކްސް)
މަސްކަރާ ފުޅި ކަނޑާތާ 3 މަސްވުމުން އޭގައި ޖަރާސީމު އުފެދެން ފަށައެވެ. މީގެ ސަބަބުން ލޮލަށް ނުރައްކާތެރި އިންފެކްޝަންތައް ޖެހި، ފެނުމަށް ބުރޫއަރާފާނެއެވެ.
14. ސްޕޮންޖް (ތަށި ދޮންނަ ސްޕޮންޖް)
ސްޕޮންޖަކީ ޖަރާސީމު އެންމެ ގިނައިން އަށަގަންނަ އެއްޗެވެ. ކޮންމެ 2 ހަފުތާއަކުން ސްޕޮންޖް ބަދަލުކުރަންވާނެއެވެ. މީގައި އީ-ކޮލައި ފަދަ ނުރައްކާތެރި ބެކްޓީރިއާ ހުރެދާނެއެވެ.

ހިފާގެންގުޅޭތަކެއްޗާއި ތަންތަން ދޮންނަން ބޭނުންކުރާ ސްޕޮންޖް
15. ބްލީޗް
ބްލީޗް ފުޅި ކަނޑާތާ 6 މަސްވުމުން އޭގެ ބާރު ކެނޑެން ފަށައެވެ. ބާރު ކެނޑިފައިވާ ބްލީޗުން ޖަރާސީމުތައް ފުރިހަމައަށް ނައްތައެއް ނުލެވޭނެއެވެ.
16. ޝޭމްޕޫ އަދި ކޮންޑިޝަނަރ
މީގެ ފުޅި ކަނޑާތާ 18 މަސްވުމުން އުކާލަން ޖެހެއެވެ. މުއްދަތު ހަމަވުމުން އޭގެ ވަހާއި އޮލަކަން ބަދަލުވެ، ބޮލުގެ ހަންގަނޑަށް އިންފެކްޝަން ޖެހުމުގެ ފުރުޞަތު އޮވެއެވެ.
17. ވެޒްލިން (Petroleum Jelly)
ބޮޑެތި ވެޒްލިން ދަޅުތަކަށް އިނގިލި ލައިގެން ބޭނުންކުރުމުން އޭގައި ޖަރާސީމު ގިނަވެއެވެ. އެންމެ ރަނގަޅު ގޮތަކީ ކުދި ދަޅު ގަތުމެވެ.
18. ހައިޑްރޮޖަން ޕެރޮކްސައިޑް އަދި ރަބިންގް އަލްކަހޯލް
ޒަޚަމްތައް ސާފުކުރަން ބޭނުންކުރާ މިފަދަ ތަކެތީގެ މުއްދަތު ހަމަވުމުން އޭގެ އަސަރެއް ނުކުރާނެއެވެ.
19. ހަލާކުވެފައިވާ ކަރަންޓު ނަރު
ކަރަންޓު ނަރުތައް ބޭނުންކޮށް ބޯދާވުމުން ނުވަތަ މަޑުވެ ނަރު ފެންނަން ހުންނަނަމަ، އެއީ އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ ނުރައްކާތެރި އެއްޗެކެވެ. އެފަދަ ނަރުތައް ވަގުތުން ބަދަލުކުރަންވާނެއެވެ.

ހަލާކުވެފއަިހުރި ކަރަންޓް ވައިރު
20. ތަށިދޮންނަ ސައިބޯނި ތިން މަސް ފަހުން މުއްދަތު ހަމަވޭ
އާނއެކެވެ، ތަށިދޮންނަ މެޝިނަށް އަޅާ ސައިބޯނި ނުވަތަ ޑިޓާޖަންޓަކީ ތަށިތަކުގައި ހުންނަ ތެޔޮކަމާއި ކުނިތައް ފިލުވައިދޭ އެއްޗެކެވެ. ނަމަވެސް މީގެ ބާރު ހުންނަނީ ކިހާ ދުވަހަކަށް ބާވައެވެ؟ އެމެރިކަން ކްލީނިންގ އިންސްޓިޓިއުޓްގެ މާހިރެއް ކަމަށްވާ ނެންސީ ބޮކް ވިދާޅުވާ ގޮތުގައި، ކޮންމެ ތިން މަހަކުން ތަށިދޮންނަ ސައިބޯނި އާކުރަން ޖެހެއެވެ. އެހެން ނޫންނަމަ، އޭގައި ހިމެނޭ އެންޒައިމްތަކުގެ ބާރު ކެނޑި، ތަށިތައް އެންމެ އެދެވޭ ގޮތުގައި ސާފެއް ނުކޮށްދޭނެއެވެ. މީގެ މާނައަކީ ތިޔަބޭފުޅުން ކައިބޮއި ހަދާ ތަށިތަކަކީ ތިޔަ އުންމީދުކުރާ ފަދަ ސިއްހީ ގޮތުން ރައްކާތެރި ތަށިތަކަކަށް ނުވެދާނެއެވެ.
21. ބާވެފައިވާ ބޭސް އުކާލަންޖެހޭ
ފާޚާނާއަކީ ބޭސް ރައްކާކުރަން އެންމެ ނުރައްކާތެރި ތަންކަން ތިޔަބޭފުޅުންނަށް އެނގޭތޯއެވެ؟ އެއީ ފާޚާނާއަކީ ތެތްކަމާއި ހޫނުމިން މަތި ތަނަކަށް ވުމުން، އެކަމުގެ ސަބަބުން ބޭހުގެ ފެންވަރު ދަށްވާތީއެވެ. ޑޮކްޓަރުން ލަފާދެއްވަނީ ބޭހުގެ ބޭރުގައި ޖަހާފައިވާ މުއްދަތު ހަމަވާ ތާރީޚު ފާއިތުވުމުން އެ ބޭހެއް ބޭނުންނުކޮށް އުކާލުމަށެވެ. އެމެރިކަން ފާމަސިސްޓް އެސޯސިއޭޝަންގެ ތަރުޖަމާނު ޑރ. ހެދަރ ފްރީ ވިދާޅުވާ ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ފޮށީގައި ޖަހާފައިވާ އަސްލު ތާރީޚަށް ފަރުވާތެރިވާންޖެހެއެވެ.

ބޭނުމެއް ނެތް ބޭސްތަކެއް
22. ތިން އަހަރު ފަހުން ތުވާލި ބަދަލުކުރުމަށް މާހިރުން އިރުޝާދުދޭ
ސިއްހީ ސަބަބުތަކަށްޓަކައި ކޮންމެ ތިން އަހަރަކުން ގޭގައި ބޭނުންކުރާ ތުވާލިތައް ބަދަލުކުރަން ޖެހެއެވެ. ތުވާލިތަކަކީ އަބަދުވެސް ތެތް އަދި ހޫނު މާހައުލެއްގައި ހުންނަ އެއްޗަކަށް ވުމުން، އެއީ ބެކްޓީރިއާ އާލާވުމަށް އެންމެ އެކަށީގެންވާ ތަނެކެވެ. ވަރަށް ހޫނު ފެނުން ގަވާއިދުން ދޮވުމަކީ އެހީއަކަށް ވީނަމަވެސް، އޭގެ ސަބަބުން ތުވާލީގެ ފޮތިގަނޑު ބާވެ، ހަށިގަނޑުން ފެން ހިއްކުމުގެ ގާބިލުކަން ކުޑަވެއެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ ކޮންމެ ތިން އަހަރަކުން ތުވާލި ބަދަލުކުރުމެވެ.
23. ކަސްރަތު ކުރާ ބޫޓު ކޮންމެ 300 މޭލަކުން ބަދަލުކުރަންޖެހޭ
މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކަސްރަތު ކުރަން ނުވަތަ ދުވަން ބޭނުންކުރާ ބޫޓުގެ ބާރު ހުންނަނީ ގާތްގަނޑަކަށް 400 މޭލުގެ ދުރުމިނަކަށް ދުވަންދެނެވެ. ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން ބޫޓުގެ ފުލުގެ ބާރު ކެނޑި، އޭގައި ހުންނަ މަޑު ފޯމުގަނޑު ފިތިގެންދެއެވެ. ބޫޓު ބާވުމުން، ދުވާއިރު ފަޔަށާއި ހުޅުތަކަށް ލިބޭ ލޮޅުންތަކުން ރައްކާތެރިކޮށްދިނުމުގެ ގާބިލުކަން ކެނޑި، އަނިޔާވުމުގެ ފުރުސަތު ބޮޑުވެއެވެ. ދުވާ މީހުން ނޫން ނަމަވެސް، ގަވާއިދުން ހިނގާ މީހުންވެސް ބޫޓު ބާވެ ފަޔަށް އުނދަގޫވާނަމަ އަވަހަށް ބޫޓު ބަދަލުކުރުން މުހިންމެވެ.
24. އަވިއައިނު ބަދަލުކުރަން ޖެހިދާނެ ކަމަށް ދުވަހަކުވެސް ހީކުރިންތޯ؟
އަގުބޮޑު އަދި ފެޝަނޭބަލް އަވިއައިނުތައް ދެތިން އަހަރަކުން ބަދަލުކުރަން ގިނަ މީހުން ބޭނުން ނުވެދާނެއެވެ. ނަމަވެސް މާހިރުން ލަފާދެއްވަނީ އެގޮތަށެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، އަވީގެ ސަބަބުން އައިނުގެ ބިއްލޫރިގަނޑަށް ގެއްލުންވެ، އިރުގެ ނުރައްކާތެރި ޔޫ.ވީ (UV) ދޯދިތަކުން ލޯ ރައްކާތެރިކޮށްދިނުމުގެ ބާރު ދަށްވެއެވެ. އެހެންކަމުން، ކޮންމެ ދެ އަހަރަކުން އަވިއައިނު ބަދަލުކުރުމަކީ ބުއްދިވެރި ކަމެކެވެ. އަދި އަވިގަދަ ސަރަހައްދުތަކުގައި އުޅޭ މީހުން މިއަށްވުރެ އަވަހަށް ބަދަލުކުރަން ޖެހެއެވެ.
25. ބެޓެރީ ގިނަ ދުވަހު ހުރޭ، އެކަމަކު...
ގިނަ ބެޓެރީތަކަކީ ގާތްގަނޑަކަށް 10 އަހަރުގެ މުއްދަތަށް ހުންނަ އެއްޗިއްސެވެ. މުއްދަތު ހަމަވުމަށްފަހު ބޭނުންކުރުމުން ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ނެތް ނަމަވެސް، އެ ބެޓެރީތައް މަސައްކަތެއް ނުކުރާނެއެވެ. ކުއްލި ހާލަތެއް ދިމާވެގެން، މިސާލަކަށް ކަރަންޓު ގޮސްގެން ޓޯޗުބައްތި ދިއްލަން ޖެހޭ ވަގުތު ބެޓެރީ މަސައްކަތް ނުކޮށްފިނަމަ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން، ކުއްލި ހާލަތްތަކަށް އަބަދުވެސް އާ ބެޓެރީ ރައްކާކޮށްފައި ބެހެއްޓުން މުހިންމެވެ.

ގޭތެރޭގައި ބޭނުން ތަފާތު ރިމޯޓްކޮންޓްރޯލްތަކާއި ޓޯޗް ފަދަ ތަކެއްޗަށް ލައްވާ ބެޓަރިތައް
26. މުއްދަތު ހަމަވެފައިވާ ބިހި ނަގާ ބޭސް ބޭނުން ނުކުރާށެވެ
މިއީ ބައެއް މީހުންނަށް އާ މައުލޫމާތަކަށް ވެދާނެއެވެ. މޫނުގައި ނަގާ ބިހިތަކަށް ބޭނުންކުރާ ބޭސްތަކުގެ މުއްދަތު ހަމަވުމުން، އެ ބޭސްތައް އުކާލައި އާކުރަން ޖެހެއެވެ. ސަބަބަކީ އެއަށްފަހު އޭގެ ނަތީޖާ ފެންނަ މިންވަރު ކުޑަވާތީއެވެ. ބިއްސަށް ފަރުވާކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ ދެ މާއްދާ ކަމަށްވާ ބެންޒޮއިލް ޕެރޮކްސައިޑް (Benzoyl peroxide) އަދި ސެލިސިލިކް އެސިޑް (salicylic acid) ގެ ބާރު ހުންނަނީ އެންމެ ހަތަރު މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށެވެ.
27. ފުށުގައި ފަންގަސް ޖަހާފާނެ
ފުށަކީ އަބަދުވެސް އަޅުގަނޑުމެން ކައްކަން ބޭނުންކުރާ އަދި މާ ބޮޑު ސަމާލުކަމެއް ނުދީ ބަހައްޓާ އެއްޗެކެވެ. ނަމަވެސް އެހެން ކާބޯތަކެތީގެ ބާވަތްތަކެކޭ އެއްފަދައިން، ފުށަކީވެސް ގިނަ ދުވަސްވުމުން ނުވަތަ ރަނގަޅަށް ރައްކާކޮށްފައި ނުބެހެއްޓުމުން ހަލާކުވާ އެއްޗެކެވެ. ފުށް ހަލާކުވެފައި ހުރިކަން ދެނެގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އޭގެއިން ނުބައި ވަހެއް ދުވާނެއެވެ ނުވަތަ ފަންގަސް ޖަހާފައި ހުރިކަން ފެންނަން ހުންނާނެއެވެ. ޚާއްޞަކޮށް ފުށުގައި ފެން ޖެހިފައިވާނަމަ މިކަން އަވަސްވާނެއެވެ. ފަންގަސްގެ ބައެއް ބާވަތްތަކަކީ ނުރައްކާތެރި ކެމިކަލްތަކެއް އުފައްދާ އެއްޗެހި ކަމަށްވާތީ، މީގެ ސަބަބުން ހޮޑުލުމާއި ބޮޑުކަމުދާ ނިޒާމަށް މައްސަލަތައް ދިމާވެދާނެއެވެ. އެހެންކަމުން ކެއްކުމުގެ ކުރިން ފުށަށް ރަނގަޅަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

މުއްދަތު ހަމަވެފައިވާ ފުށް
28. އަލިފާން ނިއްވާ ފުޅި ގިނަ ދުވަސްވުމުން މަސައްކަތެއް ނުކުރާނެ
މިއީ ކޮންމެހެންވެސް ބޭނުންޖެހޭ ވަގުތު މަސައްކަތް ކުރަންޖެހޭނެ އެއްޗެކެވެ. ގިނަ ފަހަރަށް އަލިފާން ނިއްވާ ފުޅި ގަނެފައި ބަދިގެ ވަށާގަނޑު ތެރޭގައި ބަހައްޓާފައި ހަނދާން ނައްތާލެވެއެވެ. ނަމަވެސް މާހިރުން އިންޒާރު ދޭ ގޮތުގައި މީގެވެސް މުއްދަތު ހަމަވެއެވެ. ސަބަބަކީ އޭގެ ތެރޭގައި ހުންނަ ގޭސް މަދުވަމުން ގޮސް، ޕްރެޝަރު ކެނޑުމުން ބޭނުންކުރަން އުޅޭ ވަގުތު މަސައްކަތް ނުކޮށްފާނެތީއެވެ. އެހެންކަމުން، މުއްދަތު ހަމަވާ ތާރީޚަށް އެކަނި އިތުބާރު ނުކޮށް، ގަވާއިދުން މީގެ ފެންވަރު ޗެކްކުރުމާއި، ޝައްކެއްވާނަމަ އާކުރުން ބުއްދިވެރިއެވެ.
29. ގޭތެރޭގައި އަރާ ފައިވާނަކީ ބެކްޓީރިއާ އާލާވާ ތަނަކަށް ވެދާނެ
އާކޮށް ހުންނައިރު ވަރަށް އަރާމު އެއްޗަކަށް ވީނަމަވެސް، ގޭތެރޭގައި އަރާ ފައިވާނަކީ ހަ މަސް ދުވަސްވުމުން ސިއްހީ ގޮތުން ނުރައްކާތެރި އެއްޗަކަށް ވެދާނެއެވެ. ބޭރަށް ނާރާ ކަމުގައި ވިޔަސް، ކޮންމެ ދުވަހަކު ބޭނުންކުރުމުގެ ސަބަބުން އޭގައި ގިނަ އަދަދަކަށް ބެކްޓީރިއާ އާއި ޖަރާސީމު އަށަގަނެއެވެ. މިކަމުގެ ސަބަބުން ފައިގެ އިނގިލިތަކަށް ފަންގަސް ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަދުވެގެން ކޮންމެ މަހަކު އެއްފަހަރު މިފަދަ ފައިވާން ބަދަލުކުރުމަށް މާހިރުން ލަފާދެއެވެ.
30. އޭސީ ސިސްޓަމް ގަވާއިދުން ޗެކްކުރުވާ
އެއާ ކޮންޑިޝަން ނުވަތަ އެޗް.ވީ.އޭ.ސީ (HVAC) ސިސްޓަމްތަކަކީ ގޭތެރޭގެ ވައިގެ ފެންވަރު ހިފަހައްޓައިދޭ އެއްޗެކެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން އުޅޭ ތަންތަނުގައި، އަހަރަކު މަދުވެގެން ދެ ފަހަރު އޭސީ ސިސްޓަމް ސާވިސްކުރުން މުހިންމެވެ. ގަވާއިދުން ސާވިސް ނުކުރާނަމަ، ފިލްޓަރުތަކުގައި ހިރަފުހާއި، ބެކްޓީރިއާ އަދި ވައިރަސް އުފެދި، އޭގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު