އެމެރިކާގެ ރައީީސް ޑޮނަލްޑް ޓްރަމްޕް- ބަލި ފެތުރުން ކޮންޓްރޯލް ނުވިޔަސް ބޭނުންފުޅުވަނީ ޤައުމު ހުޅުވާލަން
އެމެރިކާގެ ރައީީސް ޑޮނަލްޑް ޓްރަމްޕް- ބަލި ފެތުރުން ކޮންޓްރޯލް ނުވިޔަސް ބޭނުންފުޅުވަނީ ޤައުމު ހުޅުވާލަން
‎ކޯވިޑް-19 އަށް އެމެރިކާއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

‎އެމެރިކާގައި މި ބަލީގައި މިހާތަނަށް މަރުވި މީހުން 18700 އިން މައްޗަށް އަރާފައިވާއިރު، ފާއިތުވި 24ގަޑިއިރު ތެރޭގައި މަރުވިމީހުންގެ އަދަދު ވަނީ ދެހާހަށްވުރެ މައްޗަށް އަރާފައެވެ. މިއީ މިހާތަނަށް މުޅި ދުނިޔޭގައިވެސް މި ބަލީގައި އެންމެ ގިނައިން އެއްދުވަހެއްގައި މީހުން މަރުވި އަދަދެވެ.

‎އެމެރިކާގައި ކޯވިޑް-19 ކޮންޓްރޯލު ނުވެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށް އަރަމުންދާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ބޭނުންފުޅުވެވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ގައުމު ހުޅުވާލުމަށެވެ. ނަަމަވެސް ސިއްހީ ފަރާތްތަކުން އަންނަނީ އެކަމާ ނުރުހުންފާޅު ކުރަމުންނެވެ. ހާއްސަކޮށް އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅަށް އިސްކަން ނުދީފިނަމަ ދެންވާނެ ގެއްލުން އަންދާޒާކުރަންވެސް ނޭނގޭނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

‎ދުނިޔޭގައި ކޮވިޑް19 އަށް ޕޮޒިޓިވް 1.7 މިލިއަން މީހުން މިހާރު ތިބިއިރު ބަލީގައި އެއްލައްކަ ދެހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން