ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް އަރުވައިލަމުން، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، ޢަބްދު ﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހިމް މުހައްމަދު ޞާލިޙް ސިޔާސީ ގޮތުން ބައިޔަތު ހިއްޕަވައި ސަރުކާރާ ދެކޮޅަށް އެއް މޭޒެއް ދޮށަށް ރޭ ވަނީ ވަޑައިގެންފައެވެ.
މި ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ތިން ބޭފުޅުންނަށް ވެސް ވެރިކަން ކުރެއްވުނުއިރު އެންމެ ފުރިހަމައަށް ކަންކަން ނުކުރެއްވޭ ކަމަށާއި، ވެރިކަމުގައި "ގޯސްތަކެއް ހެދުނު" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންނަމަވެސް، މިއަދު ގައުމުގެ ހާލަތު އޮތްގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތް ބައްލަވަން ހިމޭނުން ތިއްބެވެން ނެތުމުން، ގައުމާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމަށް އެކުގައި ނުކުމެވަޑައިގަތީ ކަމަށް ނަޝީދު ހާމަކުރެއްވިއެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައީސް ޔާމީނާއި ރައީސް ޞާލިޙު ވެސް ވަނީ ފުރިހަމައަށް ތާއީދުކުރައްވައި، މާޒީގައި ހެދުނު ގޯސްތަކަކީ ކުރިއަށް އޮތް ތަނުގައި އިސްލާހު ނުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވާފައެވެ.
މިއީ އެމްޑީޕީގެ ކުރީގެ ދެ ރައީސުން (ނަޝީދު އަދި ޞާލިޙް) އާއެކު، އިދިކޮޅު ލީޑަރު ރައީސް ޔާމީން ސިޔާސީ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރު ކަމަށްވުމުން، މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ދަނޑިވަޅެކެވެ.
މި ތިން ބޭފުޅުންނަކީ މި ވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ނުފޫޒުގަދަ ލީޑަރުންނަށް ވާއިރު، ގައުމީ މަސްލަހަތު އިސްކޮށް މާޒީގެ ޚިޔާލުތަފާތުވުންތައް އެއްފަރާތްކުރުމަށް ފަހު އެބޭފުޅުން މިވަނީ އެއްގަލަކަށް އަރާފައެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެކި ސަރުކާރުތަކާ ދެކޮޅަށް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން ގުޅިފައިވާ ކޯލިޝަންތައް ހަދާފައިވެއެވެ.
އެގޮތުން ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން އެއްވި ފަދައިން، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ބާރުތަކުން އެއްގަލަކަށް އަރާފައިވެއެވެ. މިއަދު މި ފެށުނު އާ ހަރަކާތާއެކު، މި ތިން ރައީސުންގެ ފުރަތަމަ ޑިމާންޑަކީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުން ކަމަށްވާއިރު، "އިނަފް އިޒް އިނަފް" ނުވަތަ ފުދިއްޖެ ކަމަށް ވިދާޅުވެ ސަރުކާރަށް ދޫނުދެއްވާނެ ކަމުގެ ވަރުގަދަ މެސެޖެއް އެބޭފުޅުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު