ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު އާންމުކުރި މޫސުމީ ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. މި ދުވަސްވަ
ރަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ދުވަސްވަރަކަށް ވުމާއެކު، ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރާ ގޮތްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. އިއްޔެއާ ޚިލާފަށް ވިލާގަނޑުގައި ވައި ހިފަހައްޓާ މިންވަރު ތަފާތުވެދާނެ ކަމަށާއި، ބައެއް ވަގުތުތަކުގައި ވައިގެ މިންވަރު ކުއްލިއަކަށް ބަދަލުވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ ސިޓީއަށާއި މ. މުއްޔަށެވެ. އެގޮތުން މާލެއަށް 49.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މުއްޔަށް 49.2 މިލިމީޓަރު އަދި ހުޅުމާލެއަށް 35.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުން ފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު