ވ. އަތޮޅު ކައިރިއަށް ޑައިވް ކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ހަބަރު ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އަރައިފިއެވެ.
އެގޮތުން ދުނިޔޭގެ މަޝްހޫރު ނޫސްތައް ކަމަށްވާ އިނގިރޭސިވިލާތުގެ "ޑެއިލީ މެއިލް" އާއި "ދަ ސަން" ގެ އިތުރުން "އިންޑިއާ ޓުޑޭ" ފަދަ ވަރުގަދަ މީޑިއާތަކުން ދަނީ މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތުތައް ވަރަށް ގާތުން ބަލައި، ބޮޑު ސަމާލުކަމެއް ދީގެން ރިޕޯޓްކުރަމުންނެވެ.
މި ހާދިސާއަކީ ވ. އަތޮޅު ކަނޑުގެ އަޑީގެ ހޮހޮޅައަކަށް ޑައިވް ކުރަން ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުންނެއް ގެއްލުމާ ގުޅިގެން ފެށި އޮޕަރޭޝަނެކެވެ.
މި ހިތާމަވެރި ހާދިސާ ހިނގިއިރު ޖުމްލަ ފަސް މީހަކު އެކުގަައި ޑައިވަށް ދިޔަ ނަމަވެސް، މިހާތަނަށް ފެނިފައިވަނީ އެ ގްރޫޕާއެކު ދިޔަ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ އުންމީދުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހުއްޓުމެއް ނެތި ރޭގަނޑާއި ދުވާލު ކަނޑުގެ ސަރަހައްދު ބަލަމުންނެވެ.
މި ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ ގޮތުން، ކަނޑުގެ އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ އިޓަލީގެ މާހިރުންގެ ޓީމެއް ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ސަރުކާރުން މިހާރު ވަނީ ފައިނަލްކޮށްފައެވެ.
ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ގެއްލިފައިވާ ފަރާތްތައް އަވަހަށް ފެންނާނެ ކަމުގެ އުންމީދު ބޮޑުއިރު، މިއީ މި ފަހަކަށް އައިސް ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ބައިނަލްއަގުވާމީ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ޑައިވިންގ ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު