ވ. އަތޮޅަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް، ހާލު ދެރަވެގެން ނިޔާވި ސިފައިންގެ ޑައިވަރުގެ މަރާ ގުޅިގެން، ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދިޔަ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީއެވެ. އޭނާ ނިޔާވީ ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް ކަނޑުގެ އަޑީގައި މަސައްކަތް ކުރަމުން ދަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ، ސިފައިންގެ ވާޖިބު އަދާކުރަމުން ދަނިކޮށް މަހުދީ ނިޔާވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި، އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ނަޝީދު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވަނީ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތައް ހިންގާއިރު ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އަސްކަރިއްޔާގެ އިސްވެރިންނަށާއި ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާއިރު، މަހުދީގެ ވަކިވުމާއެކު ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު