ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުވައްމުލައް ސިޓީއަށް
ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުވައްމުލައް ސިޓީއަށް
އެމްޑީޕީގެ "ބޮޑު ބަދަލު" ކެމްޕޭނުގެ ހަރަކާތްތަކަށް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެ ރަށުން އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފޯރިގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައި، ކުރިއަށް ހުރި ހަރަކާތްތައް ރޭވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ފުވައްމުލަކުގެ ގިނަ އަދަދެއްގެ ގޭގެއަށް ޒިޔާރަތްކޮށް "ޑޯރ-ޓު-ޑޯރ" ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް މި ދަތުރުގައި ވަނީ ރޭވިފައެވެ.

މި ހަރަކާތްތަކުގެ ބޭނުމަކީ ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން އޮޅުންފިލުވުމެވެ.

ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ފޯރިގަދަ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. މި އިންތިޚާބާ ދިމާކޮށް ޕާޓީގެ އެކި ފެކްޝަންތަކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ފޯރި ވަރުގަދަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު