ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިއަދު ރޭލަކާއި ބަހެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، 8 މީހަކު މަރުވެ 25 މީހުންނަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
ފުލުހުންނާއި ރެސްކިއު އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭލަކާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ބަހެއް ޖެހިގެންނެވެ. މި ހާދިސާއާ އެކު ބަހުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާއިރު، މި ހާދިސާގައި ބައެއް ކާރުތަކަށާއި ސައިކަލުތަކަށްވެސް ވަނީ ގެއްލުންތައް ލިބިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހާދިސާ ހިނގި ސަރަހައްދަށް ފަޔާ ފައިޓަރުންނާއި މީހުން ސަލާމަތްކުރާ ޓީމުތަކުން ވަގުތުން ގޮސް ހަރަކާތްތެރިވާން ވަނީ ފަށާފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައިރު، ރެސްކިއު ޓީމުތަކުން ވަނީ ބަހުގެ ތެރޭގައި ތާށިވެފައި ތިބި މީހުންނާއި އަނިޔާވި މީހުން ނެރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި އެ ސަރަހައްދު ފިނިކުރުމާއި، ގޭސް ބޭރުކުރުމުގެ މަސައްކަތުގެ އިތުރުން، އިތުރު މީހަކު ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު